ކުޅުދުއްފުށީ ދެކުނު ދާއިރާއަށް އަމިއްލަގޮތުން ވާދަކުރާ ކެނޑިޑޭޓްގެ ތާއީދު އެދާއިރާގެ ޕީއެންސީގެ ކެނޑީޑޭޓަށް

ކުޅުދުއްފުށީ ދެކުނު ދާއިރާއަށް އަމިއްލަގޮތުން ވާދަކުރާ ކެނޑިޑޭޓްގެ ތާއީދު އެދާއިރާގެ ޕީއެންސީގެ ކެނޑީޑޭޓަށް

Author
ހުސައިން
05 އޭޕްރިލް 2024 12:56
0

ކުޅުދުއްފުށީ ދެކުނު ދާއިރާއަށް އަމިއްލަގޮތުން ވާދަކުރައްވާ އައިމަން މުހައްމަދު، ޕީޕީއެމް/ޕީއެންސީގެ ޓިކެޓްގެ ކާމިޔާބުކުރެއްވި ފަރުހަތު މުހައްމަދު (ފަރޭ) އަށް ތާއީދުކުރަން އެންމެ ފަހުން ނިންމައިފި އެވެ.

އައިމަން އާއި އޭނާގެ އެއްބަފާ ބޭބޭ ފަރޭ ޕީޕީއެމް/ޕީއެންސީގެ ޕްރައިމަރީގައި ވާދަކުރައްވާ، އައިމަން ޕްރައިމަރީއިން ނާކާމިޔާބުވީ 7 ވޯޓުންނެވެ. ޕްރައިމަރީން ބަލިވިނަމަވެސް ގިނަ ބައެއްގެ ތާއިދާއެކު އައިމަން ނިންމީ އަމިއްލަގޮތުން ވާދަކުރެއްވުމަށެވެ.

އައިމަން މިގޮތަށް ނިންމެވުމުން، ވޯޓުތައް ދެބައިވެ ސަރުކާރަށް ގޮނޑި ލިބުމުގެ ފުރުސަތު ހަނިވުމުން، ދެ ބެއިން އެއްގަލަކަށް އަރުވައިގެން އެއް ކެންޑިޑޭޓެއް ނެރެވޭތޯ ސަރުކާރުން ވަނީ މަސައްކަތް ކޮށްފައެވެ. އެގޮތުން ރައީސް އޮފީހުގެ ސީނިއާ މިނިސްޓަރު، ސްޕެޝަލް އެޑްވައިޒަރ ޓް ދަ ޕްރެޒިންޑެންޓް އަބުދުއްރަހީމް އަބުދުﷲ، ދާދި ފަހުން ކުޅުދުއްފުއްޓަށް ވަޑައިގެންވެސް ދެ ކެންޑިޑޭޓުންނާ ބައްދަލުކުރައްވާ މަޝްވަރާކުރެއްވި އެވެ.

އައިމަން ޚިޔާލު ބަދަލުކޮށްފައިވަނީ މާލޭގައި ކުރިއަށްދިޔަ މަޝްވަރާތަކަށްފަހުއެވެ. ފަރޭއަށް ތާއީދުކުރަން ނިންމެވި ނިންމުމާ ގުޅިގެން އައިމަން ވިދާޅުވެފައިވަނީ، ސަރުކާރަށް ގޮނޑި ލިބެން އޮތް ގޮތަކީ އެއް ކެންޑިޑޭޓެއް ނެރެންގެން ކަމަށްވާތީ ފަރޭ ފަހަތަށް އަރަން ނިންމެވީ ކަމަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.