ބީއެމްއެލްއަށް ރެކޯޑް އަދަދަކަށް ފައިދާވެ، މިހާތަނަށް ދެވޭ އެންމެ ބޮޑު އަދަދު ހިއްސާގެ ފައިދާގެ ގޮތުގައި ބަހަން ހުށަހަޅައިފި

ބީއެމްއެލްއަށް ރެކޯޑް އަދަދަކަށް ފައިދާވެ، މިހާތަނަށް ދެވޭ އެންމެ ބޮޑު އަދަދު ހިއްސާގެ ފައިދާގެ ގޮތުގައި ބަހަން ހުށަހަޅައިފި

މި ވޭތުވެދިޔަ 2023 ވަނަ އަހަރަކީ ބޭންކް އޮފް މޯލްޑިވްސް އިން މިހާތަނަށް އެންމެ ރަނގަޅު މާލީ ނަތީޖާއެއް ހޯދި އަހަރު ކަމުގައި އެކުންފުނިން ބުނެފިއެވެ.

ބީއެމްއެލްއިން ބުނެފައިވަނީ، އެ ގޮތުން ޓެކުހަށް ކެނޑުމަށްފަހު ލިބުނު ފައިދާގެ (ސާފު ފައިދާ) ގޮތުގައި 2.07 ބިލިއަށް ހޯދާފައިވާ ކަމުގައެވެ. މިއާއެކު، އަދި ބޭންކުގެ ޑިރެކްޓަރުންގެ ބޯޑުން ނިންމާފައިވަނީ މިހާތަނަށް ހިއްސާގެ ފައިދާގެ ގޮތުގައި ދެވޭ އެންމެ މަތީ އަދަދު، ހިއްސާއަކަށް 50 ރުފިޔާގެ މަގުން ބެހުމަށް ދެން ބާއްވާ އަހަރީ އާންމު ޖަލްސާއެއްގައި ހުށަހަޅައި ފާސްކުރުމަށްކަމަށްވެސް އެބޭންކުން ވަނީ ބުނެފައެވެ.

ބޭންކަށް ރެކޯޑް ނަތީޖާއެއް ހޯދުނުކަމީ އަޅުގަނޑު އުފަލާއެކު ފާހަގަކުރާ ކަމެއް. މިއީ ބޭންކަށް ސާފު ފައިދާގެ ގޮތުގައި 2 ބިލިއަން ރުފިޔާ އަށް ވުރެ މަތީ އަދަދެއް ލިބުނު ފުރަތަމަ ފަހަރު. ބޭންކުގެ މި ނަތީޖާއާ ގުޅިގެން ބޯޑުން ވަނީ ހިއްސާގެ ފައިދާގެ ގޮތުގައި ޖުމްލަ 269 މިލިއަން ރުފިޔާ ބެހުމަށް ހުށަހަޅާފަ. މިއީ ބޭންކުގެ ތާރީހުގައިވެސް ހިއްސާދާރުންނަށް ދިނުމަށް ހުށަހެޅުނު އެންމެ މަތީ އަދަދު.

ބޭންކުގެ ސީއީއޯއާއި އަދި މެނޭޖިންގ ޑައިރެކްޓަރ ކާރލް ސްޓުމްކަ ވިދާޅުވިމަށް އެ ބޭންކުން ރިޕޯޓު ކޮށްފައި ވެއެވެ.

ކާރލް އިތުރަށް ވިދާޅުވީ " ބޭންކުގެ އެންމެ ބޮޑު ހިއްސާދާރުކަމަށްވާ ދިވެހި ސަރުކާރަށް މި ނަތީޖާއާއެކު ހިއްސާގެ ފައިދާގެ ގޮތުގައި 136.6 މިލިއަން ރުފިޔާ އަދި 2023 ވަނަ އަހަރުގެ ޓެކުހުގެ ގޮތުގައި އިތުރު 628 މިލިއަން ރުފިޔާ ލިބޭނެ ކަމަށެވެ.

އޭނާ ވިދާޅުވެފައިވަނީ، ކަސްޓަމަރުންނަށް އަބަދުވެސް އެންމެ ބޮޑު އިސްކަމެއްދިނުމަށާއި ރާއްޖޭގެ މާލީދާއިރާގެ ހަމަޖެހުން ކަށަވަރުކުރުމުގެ އިތުރު ޒިންމާއާއެކު ބޭންކު ހިންގުމަށް ފާއިތުވި އަހަރު ޑިރެކްޓަރުންގެ ބޯޑުން ދެއްވި ލަފައާއި އިރުޝާދަށް އޭނާ އެ ބޭފުޅުންނަށް ވަރަށް ހާއްސަ ޝުކުރެއް ދަންނަވާ ކަމުގައެވެ.

އަދި މި ފުރުސަތުގައި ރާއްޖޭގެ އެކިކަންކޮޅުތަކުގައި މަސައްކަތްކުރާ ބޭންކުގެ ހީވާގި މުވައްޒަފުންކޮށްދެއްވި ބުރަ މަސައްކަތަށާ އަދި ހަމައެހެންމެ ބޭންކަށް  އިތުބާރުކުރައްވާ ހިއްސާދާރުންނަށްވެސް ޝުކުރުއަދާކުރާކަމަށްވެސް ބުނެފައި ވެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *