3000 ފޯމު ހަމަކުރުމުން، ޕީއެންއެފް އުފެއްދުމަށް ބައްދަލުވުން ބޭއްވުމުގެ ހުއްދަ ދޫކޮށްފި

3000 ފޯމު ހަމަކުރުމުން، ޕީއެންއެފް އުފެއްދުމަށް ބައްދަލުވުން ބޭއްވުމުގެ ހުއްދަ ދޫކޮށްފި

ރައީސް ޔާމިން އުފައްދަވާ ”ޕީޕަލްސް ނެޝަނަލް ފްރަންޓް“(ޕީއެންއެފް) އުފެއްދުމަށް ބާއްވަންޖެހޭ ޖަލްސާ ބޭއްވުމުގެ ހުއްދަ އިލެކްޝަންސް ކޮމިޝަނުން މިއަދު ދޫކޮށްފިއެވެ.

އީސީން ކުރި އެކްސް ޕޯސްޓެއްގައި ބުނެފައިވަނީ ސިޔާސީ ޕާޓީގެ ޤާނޫނުގެ 12 ވަނަ މާއްދާގައިވާ ގޮތުގެ މަތިން “ޕީޕަލްސް ނެޝަނަލް ފްރަންޓު”ގެ ނަމުގައި ސިޔާސީ ޕާޓީއެއް އުފެއްދުމަށް ބޭނުންވާ 3000 (ތިންހާސް) މީހުންގެ ސޮއި ކޮމިޝަނަށް ހުށަހަޅާފައިވާތީ، މއ.ކާމިނީހުޅަގުގެ، ޒެއިން ޔާމީން ޢަބްދުލްޤަައްޔޫމަށް ސިޔާސީ ޕާޓީ އުފެއްދުމަށް ބާއްވާ ބައްދަލުވުން ބޭއްވުމުގެ ހުއްދަ ކޮމިޝަނުން ދީފައިވާ ކަމުގައެވެ.

ޕީއެންއެފް ރަޖިސްޓްރީ ކުރުމަށް އިލެކްޝަންސް ކޮމިޝަނަށް އެޕާޓީން ހުށަހެޅި ފޯމުތަކުގެ ތެރެއިން ސައްޙަ ނޫންކަމަށް ކަނޑައެޅި ފޯމުތަކުގައި ހުރި މައްސަލަތައް ރަގަޅު ކޮށްފަ ވަރަށް އަވަހަށް ހުށަހަޅާނެކަމަށް އެޕާޓީން މީގެކުރިން ވަނީ ބުނެފައެވެ.

ޕީއެންއެފް އުފެއްދުމުގައި އިސްކޮށް އުޅުއްވާ މުހައްމަދު މަލީހު ޖަމާލް ބައެއް މީޑިއާތަކަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ އިލެކްޝަންސް ކޮމިޝަނުން ސައްހަ ނޫންކަމަށް ކަނޑައެޅި އެއްވެސް ފޯމެއް ބާތިލް ކޮށްފައި ނުވާކަމަށާއި ހުރިހާ ފޯމެއްގައިވެސް ހުރީ އިދާރީ މައްސަލަތައް ކަމުގައެވެ.

ރައީސް ޔާމީން އިސްވެ އުފައްދަވަން ނިންމެވި ޕާޓީ އުފައްދަން ބޭނުންވާ 3000 ފޯމް ހަމަކޮށް 24 ގަޑިއިރުތެރޭ ހުށަހަޅާނެކަމަށް އެ ޕާޓީ އުފެއްދުމަށް އިސްކޮށް އުޅުއްވި މަލީހް ޖަމާލް މީގެކުރިން ވަނީ ވިދާޅުވެފައެވެ.

ނަމަވެސް ފޯމްތައް ހަމަކޮށް އީސީއަށް ހުށަހެޅުނީ އޭގެ އެތައް މަހެއްފަހުންކަން ފާހަގަކޮށްލެވެއެވެ.

ޕީއެންއެފްގެ ނަމުގައި އާ ޕާޓީއެއް ރަޖިސްޓްރީ ކުރުމުގެ ހުއްދައަށް އެދި ހުށަހެޅީ ނޮވެމްބަރު 26ގައެވެ. އަދި އެ ޕާޓީ އުފެއްދުމަށް ބޭނުންވާ 3،000 މެންބަރުންގެ ސޮއި ހަމަކޮށް، ޕާޓީ އުފެއްދުމުގެ މަސައްކަތްތައް ކުރުމުގެ ހުއްދަ އިލެކްޝަންސް ކޮމިޝަނުން ދިނީ ނޮވެމްބަރު 29 ގައެވެ.
ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *