ޑެޕިއުޓީ އިމިގްރޭޝަންގެ ކޮންޓްރޯލާއަކަށް އަޝްފާން ހަމަޖައްސަވައިފި

ޑެޕިއުޓީ އިމިގްރޭޝަންގެ ކޮންޓްރޯލާއަކަށް އަޝްފާން ހަމަޖައްސަވައިފި

Author
ހުސައިން
04 އޭޕްރިލް 2024 12:54
0

މޯލްޑިވްސް އިމިގްރޭޝަންގެ ޑެޕިއުޓީ ކޮންޓްރޯލާގެ މަގާމަށް އަހްމަދު އަޝްފާން ހަމަޖައްސައިފިއެވެ.

އިމިގްރޭޝަން އިން މިރޭ ވަނީ ސޯޝަލް މީޑިއާގައި އެ މަގާމަށް އަޝްފާން ހަމަޖެއްސިކަން އިއުލާންކޮށް، އަޝްފާނަށް މަރުހަބާ ދަންނަވައިފައެވެ.

އަޝްފާނަކީ އެ އިދާރާގައި 18 އަހަރު ހިދުމަތް ކޮށްފައިވާ ފަރާތެއް ކަމަށް ވެސް އިމިގްރޭޝަނުން ބުންޏެވެ.

އަޝްފާން އަކީ ރާއްޖޭގެ މަޝްހޫރު ފުޓްބޯޅަ ކުޅުންތެރިޔާ އަދި ގައުމީ ޓީމްގެ ކުރީގެ ކެޕްޓަން އަލީ އަޝްފާގް (ދަގަނޑޭ)ގެ ބޭބެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.