މިހާރު ކުރިއަށްދާ އެފްއޭއެމް ވެޓެރަންސް ލީގު 2024 ގައި، ނައިބު ރައީސް ހުސެއިން މުހައްމަދު ލަތީފް (ސެމްބެ) ކެޕްޓަންކަންކުރާ ޓީމު ފައިނަލުގެ ފުރަތަމަ ޖާގަ ކަށަވަރު ކޮށްފިއެވެ.
ނާއިބު ރައީސް ހުސެއިން މުހައްމަދު ލަތީފް ކުޅުއްވަނީ، މުއިވެޔޮ ފްރެންޑްސް ޓީމަށެވެ.
މުއިވެޔޮ ފްރެންޑްސް ފައިނަލަށް ދަތުރުކުރީ މިއަދު ހަވީރު ކުޅުނު މެޗްގައި ސިފައިންގެ ކްލަބު އެއް ލަނޑު ސުން ލަނޑުން ބަލިކޮށްގެނެވެ. މި މެޗުގައިވެސް ނައިބު ރައީސް ކުޅުއްވާފައި ވެއެވެ. މުބާރާތުގެ ސެމީ ފައިނަލްގެ ދެވަނަ މެޗުގައި މާދަމާ ހަވީރު ކުޅޭނީ، ދަ ގްރާންޑޭ އާއި އެންމެ ފަހުގެ ޗެމްޕިއަން ހުޅުމާލެ ވެޓެރަންސް ކުލަބެވެ.
35 އަހަރުން މަތީގެ ކުޅުންތެރިންނަށް ޚާއްސަކޮށްގެން ބާއްވާ ވެޓެރަންސް ލީގު މި ފަހަރު ވާދަކުރަނީ 10 ޓީމެވެ.