ރާއްޖެއަށް އެތެރެކުރަން އުޅުނު 3.3 ކިލޯގެ މަސްތުވާތަކެތި ކަސްޓަމްސްއިން އަތުލައިގެންފި

ރާއްޖެއަށް އެތެރެކުރަން އުޅުނު 3.3 ކިލޯގެ މަސްތުވާތަކެތި ކަސްޓަމްސްއިން އަތުލައިގެންފި

Author
ޙަސަން މުޙައްމަދު
02 އޭޕްރިލް 2024 01:10
0

ރާއްޖެއަށް އެތެރެކުރަން މަސައްކަތްކުރި 3 ކިލޯއަށްވުރެ ގިނަ މަސްތުވާތަކެތި އަތުލައިގެންފި އެވެ.

ކަސްޓަމްސްއިން މިރޭ ބުނީ ކުރިއަރ މެދުވެރިކޮށް ރާއްޖެއަށް ގެނެސްފައިވާ ދެ ޕެކޭޖެއް ބަލައިފާސްކުރުމުގެ ތެރޭގައި ޝައްކުކުރެވޭ ޒާތުގެ ބާވަތެއް ހުރުމުން، އިތުރަށް ބަލާ ފާސްކުރުމުގެ ތެރޭގައި މަސްތުވާތަކެތި ފެނިފައިވާ ކަމަށެވެ.

އެގޮތުން ދެ ޕެކޭޖް ބަލާފާސްކުރުމުގެ ފުރަތަމަ މަރުހަލާގައި ކަސްޓަމްސް އިން މި ތަކެތި ތަޙުލީލުކުރިއިރު، މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ ސިންތެޓިކް ކެތިނޯން އަށް ވަނީ ޕޮޒިޓިވް ވެފައިވާ ކަމަށް އެ އިދާރާއިން ބުނެއެވެ.

ވަކި ވަކިން އަތުލައިގަތް މި ދެ ޕެކޭޖުގައި މަސްތުވާތަކެތީގެ ބަރުދަނުގައި ޖުމްލަ 3.1 ކިލޯގުރާމް އާއި 210 ގުރާމް ހުރި ކަމަށް ކަސްޓަމްސްއިން ބުނެއެވެ.

ކަސްޓަމްސްއިން އިތުރަށް ބުނީ އަތުލައިގަތް މަސްތުވާތަކެތި މިހާރު ފުލުހުންނާއި ހަވާލުކޮށްފައިވާ ކަމަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.