ކައުންސިލްތަކުގެ ބެލުމުގެ ދަށުގައި ރަށްރަށުގައި ހުރި ހުރިހާ ޔޫތު ސެންޓަރެއް ޔޫތު މިނިސްޓްރީން ހިންގާ ގޮތަށް ހަމަޖައްސައި, ސްޕޯޓްސް މިނިސްޓްރީން ނެރުނު ސާކިއުލާ ބާތިލުކޮށްފި އެވެ.
މިނިސްޓަރް އަބްދުﷲ ރާފިއު ބައެއް މީޑިއާތަކަށް މައުލޫމާތު ދެއްވަމުން ވިދާޅުވެފައިވަނީ އެ ސާކިއުލާ ބާތިލުކުރީ ޒުވާނުންގެ މަރުކަޒުތައް ސަރުކާރަށް ދޫކުރަން ބައެއް ކައުންސިލްތަކުން ދެކޮޅު ހަދަމުންދާތީ ކަމުގައެވެ.
އަދި އޭނާ ވިދާޅުވީ ބައެއް ރަށްރަށުގެ ޒުވާނުންގެ މަރުކަޒުތަކަށް ކައުންސިލްތަކުންވެސް ބޮޑު ޚަރަދެއް ކޮށްފައިވާ ކަމުގައެވެ. އޭނާ ވިދާޅުވީ އެ ނިންމުމަށް މިވަގުތައް އަމަލު ކުރުން މަޑުޖައްސާލުމަށްފަހު، ދެން އަމަލުކުރާނެގޮތެއް އަދި ފަހުން ސަރުކާރުން ހާމަކުރާނެ ކަމުގައެވެ.
ޔޫތު ސެންޓަރުތައް ބަލަހައްޓާނީ އެ މިނިސްޓްރީން ކަމަށް ކުޅިވަރާ ބެހޭ މިނިސްޓަރު އަބްދުﷲ ރާފިއު ނެރުއްވި ސާކިއުލާއަކުން ބުރާސްފަތި ދުވަހު ނިންމާފައިވަނިކޮށް ޒުވާނުންގެ މަރުކަޒުތައް ޔޫތު މިނިސްޓްރީއާއި ހަވާލު ނުކުރަން އައްޑޫސިޓީ ކައުންސިލުން ވަނީ ނިންމާފައެވެ. އަދި އެހެން ކައުންސިލްތަކުންވެސް ދަނީ ޔޫތު މިނިސްޓްރިގެ އެނިންމުމާ ދެކޮޅު ހަދަމުންނެވެ.
ކޮމެންޓު ފޮނުވާ