އަނގައިގަ އަޅާފަހުރި މަލަން ނައްޓާލީމަ ހުރިހާ ވާހަކައެއްވެސް ދެއްކޭނެ: ޔާމިން

އަނގައިގަ އަޅާފަހުރި މަލަން ނައްޓާލީމަ ހުރިހާ ވާހަކައެއްވެސް ދެއްކޭނެ: ޔާމިން

Author
ހުސައިން
01 އޭޕްރިލް 2024 12:26
0

ޕީޕީއެމް ޕީއެންސީގެ ލީޑަރޝިޕްގެ މިހާރު ތިބި އެންމެންގެ މިޒާޖާއި ކޮށްފަ ހުރިން ކަންތައްތައްވެސް އެނގޭ ކަމަށާއި، އަނގައިގަ އަޅާފަހުރި މަލަންގަޑު ނައްޓާލިމަ ހުރިހާ ވާހަކައެއްވެސް ދެއްކޭނެ ކަމުގައި ކުރީގެ ރައީސް ޔާމިން ވިދާޅުވެއްޖެއެވެ.

ރޭ ޕީއެންއެފްގެ އޮފީހުގައި އޮތް އެޕާޓީގެ ޖަލްސާގައި ވާހަކަ ދައްވަމުން ރައީސް ޔާމިން ވަނީ އެމަނިކުފާނަކީ މިހާރު ޕީޕީއެމްގެ މީހަކަށް ނުވާތީ ޕީޕީއެމްގެ ކަންތައްތައް ނޭގޭނެކަމަށް ކަމަށް ވިދާޅުވެ ރައީސް މުއއިްޒުގެ އިސް މުށީރު އަބުދުއްރަހީމް ދެއްކެވި ވާހަކަތަކަށް ރައްދު ދެއްވާފައެވެ.

ރައީސް ޔާމިން ވިދާޅުވީ އެމަނިކުފާނަށް ސުޕްރިމް ކޯޓުން ހުކުމް ކުރިއިރު، ޕީޕީއެމްގެ ޓިކެޓްގައި ވާދަކުރުމަށް ބޭފުޅެއްގެ ކެނޑިޑަސީ އޮތީ ފައިލްކޮށްފައި ކަމުގައެވެ. އެހެންކަމުން ޕީޕީއެމް މަގުމަތިކޮށްލުމަށް އެމަނިކުފާނު މަސައްކަތް ކުރެއްވިކަމަށް ބުނެ ދައްކާ ވާހަކަތަކަކީ ދޮގެއް ކަމުގައެވެ.

އެހެންވީމަ ޕީޕީއެމް/ޕީއެންސީގެ އާންމު މެމްބަރުންނެއް މަގުމައްޗެއް ނުވާނެ. އެ ދައްކަނީ ދޮގު ވާހަކައެއް. ކޮންއެއްޗެއް އޮޅުވާލަން އެ އުޅެނީ. އެދައްކަނީ ދޮގުވާހަކަ. އަޅުގަޑު ދައްކާ ވާހަކައަށް ފެކްޓުން ޖަވާބު ދެއްވާ. އަޅުގަޑަކީ މިހާރު ޕީޕީއެމް މީހަކަށް ނުވާތީ ޕީޕީއެމް ކަންތައްތަކެއް ނޭގޭނެއޭ. އެ ބީދައިން ވާހަކަ ނުދައްކާ. އެ ބީދައިން ވާހަކަ ނުދައްކާ. އަޅުގަޑަށް ތި ހުރިހާ އެންމެންގެ މިޒާޖާއި، އެމީހުން ކޮށްފަހުރި ކަންތައްތަކާއި، އަޅުގަޑަށް އެނގޭ. އަޅުގަޑު އަޅުގަޑުގެ އަގައިގަ އަޅާފަ މިހިރަ މަލަންގަނޑު ނައްޓާލީމަ އަޅުގަޑަށް މިހުރިހާ ވާހަކައެއް ދެއްކޭނެ. އިނގޭތޯ! އަޅުގަޑަށް މިހުރިހާ ވާހަކައެއް ދެއްކޭނެ.

ރައީސް ޔާމިން ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ ޕީޕީއެމް/ޕީއެންސީ މަގުމަތުކުރާން އެއްވެސް މަސައްކަތެއް ކޮށްފަ ނޯންނާނެ ކަމުގައެވެ. އަދި ރައީސް ޔާމިން ވަނީ، އިންތިޚާބު ބޮއިކޮޓް ނުކުރަން ވޯޓެއް ނެގުމުގެ ކުރިން، ރައީސް ޔާމިނަށް ބައިވެރިނުވެވޭ އިންތިޚާބެއް ބޮއިކޮޓް ކުރަން ގޮވީ ކޮންބައެއްތޯ ސުވާލު ކުރައްވާފައެވެ.

ރައީސް ޔާމިން ވިދާޅުވީ ޕީޕީއެމް ކޮންގްރެސްގަ، ރައީސް ޔާމިނަށް ބައިވެރި ނުވެވޭ އިންތިޚާބެއް ބޮއިކޮޓް ކުރަން ގޮވާ އަޑު އުފުލީ މިހާރު ޕީޕީއެމް/ޕީއެންސީގެ ލީޑަރޝިޕްގަ ތިބި މީހުން ކަމުގައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.