ރައީސް ޔާމީނަކީ ޖަލުން ސަލާމަތްވުމަށް މިހާރު އޮތް އަނިޔާވެރި ސަރުކާރާއިއެކު ޑީލް ހައްދަވާނެ ބޭފުޅެއް ނޫންކަމަށް އިދިކޮޅު ކޯލިޝަން ހިންގުމާއި ހަވާލުވެ ހުންނެވި ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުއްﷲ ވިދާޅުވެއްޖެއެވެ.
އެމްޑީޕީ ހަރުގޭގައި މިއަދު ރައީސް ނަޝީދު ދެއްކެވި ވާހަކަތަކަށް ރައްދު ދެއްވަމުން އަބްދުއްރަހީމް ވިދާޅުވީ ރައީސް ޔާމީނަކީ ޤައުމާއި ރައްޔިތުންގެ ހައްގުގައި މިސަރުކާރާއި އަޑި އަޑިން ޑީލް ހައްދަވައިގެން ގައުމުން ފިލައިގެންދާނެ ލީޑަރެއް ނޫންކަމަށެވެ. އެމަނިކުފާނަކީ ދިމާވާ ކަންކަމާއި ކުރިމަތި ލައްވައި، އަދި ކޮށްފައިވާ ހުކުމަކީ ނާއިސާފު ހުކުމެއްކަން ދިވެހި ރައްޔިތުންނަށް ސާބިތު ކޮށްދެއްވާނެ ލީޑަރެއް ކަމަށެވެ.
ރައީސް ޔާމީނަކީ މި އަނިޔާވެރި ސަރުކާރާއެކު ޑީލް ހައްދަވާނެ ބޭފުޅެއްނޫން. ގައުމު ދޫކުރައްވާ ފިއްލަވާނެ ބޭފުޅެއްވެސްނޫން. ކަންކަމާ ކުރިމަތި ލުމުގެ ހިތްވަރު ރައީސް ޔާމީނުގެ ހުންނާނެ. އިރާދަ ކުރެއްވިއްޔާ ރައީސް ޔާމީނަކީ ކުށެއްނެތް މައުސޫމު ބޭފުޅެއްކަން ރައްޔިތުންނަށް ސާބިތުވެގެންދާނެ.
– އަބްދުއްރަހީމް ވިދާޅުވިއެވެ.
އެމްޑީޕީގެ ހަރުގޭގައި ވާހަކަ ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ ރައީސް ޔާމީން ޖަލަށް ލުމަކީ އެއްގޮތަކަށްވެސް އެދިވަޑައިގަންނަވާ ކަމެއް ނޫންކަމަށެވެ. އެމަނިކުފާނު ޖަލަށް ލުމުން އެކަމާއި ކީރިތި ކުރެއްވުނުކަމަށް މަޖިލިސް ރައީސް ވިދާޅުވިއެވެ.
ރައީސް ނަޝީދު ވިދާޅުވީ، ޖަލުގައި ނުހުރެ ސަލާމަތް ވުމުގެ ފުރުސަތު ޔާމީނަށްވެސް ލިބުނު ކަމަށާއި، އެެހެން ނަމަވެސް ޔާމީން އެ ފުރުސަތުގެ ބޭނުން ނުކުރެެއްވީ ކަމަށް ނަޝީދު ވިދާޅުވިއެެވެ. އަދި ރައީސް ޔާމީންގެ ސަރުކާރުގައި ސަލާމަތްވުމުގެ ފުރުސަތު އެމަނިކުފާނަށްވެސް ލިބުނު ކަމަށާއި، އެކަން އެމަނިކުފާނު ކުރެއްވި ކަމަށް ރައީސް ނަޝީދު ވަނީ ވިދާޅުވެފައެެވެ
ރައީސް ނަޝީދު އިޝާރާތް ކުރައްވާފައިވަނީ އެމަނިކުފާނު ޖަލުގައި އޮންނެވިއިރު ލިބުނު ބޭސްފަރުވާގެ ފުރުސަތުގައި ރާއްޖެއިން ބޭރަށް ވަޑައިގެންނެވި ގޮތަށް ރައީސް ޔާމިނަށްވެސް އެެފުރުސަތު ލިބުމުން ބޭނުން ނުހިމުން އެކަމަށެވެ.
ކޮމެންޓު ފޮނުވާ