އަންނަނިޔާ އާއި އަދިއްތިޔާ އެކުގައި އިޝްތިހާރަކުން

އަންނަނިޔާ އާއި އަދިއްތިޔާ އެކުގައި އިޝްތިހާރަކުން

Author
ފާތިމަތު ނާވީ
31 މާރޗް 2024 11:07
0

ލޯބިވެރިން ކަމަށް ބުނަމުން އަންނަ ޖޯޑު އަނަންނިޔާ ޕާންޑޭ އާއި އަދިއްތިޔާ ރޯއީ ކަޕޫރު އެކުގައި އިޝްތިހާރެއް ކުޅެފިއެވެ.

އެއީ އަނަންޔާ ބްރޭންޑް އެމްބަސެޑަރުކަން ކުރާ އަވިއައިނު އުފައްދާ ބްރޭންޑެއް ކަމަށްވާ ސްކޮޓް އައިވެއާގެ އިޝްތިހާރެކެވެ. މި އިޝްތިހާރާ އެކު އަދިތުޔަ އަކީ ވެސް އެ ބްރޭންޑްގެ އެމްބަސެޑަރަކަށް ވަނީ ހަމަޖައްސައިފަ އެވެ.

އަނަންޔާ ކުރިން މި ބްރޭންޑްގެ އިޝްތިހާރުތައް ކުޅެމުން އައީ ބޮލީވުޑްގެ ޒުވާން އެކްޓަރު ސިދާތު މަލްހޯތުރާއާ އެކުގަ އެވެ. ސިދާތަކީ ވެސް މި ބްރޭންޑްގެ އެމްބަސެޑަރެކެވެ.

View this post on Instagram

 

A post shared by Scott Eyewear (@scotteyewear)

މި ދެ ތަރިން ރައްޓެހިވެގެން އުޅޭ ވާހަކަ ދެކެވެން ފެށީ 2022 ގަ އެވެ. އޭގެ ފަހުން އެ ގުޅުން މިހާރު ސިއްރު ނޫންކަމާއި ގުޅުމާ ދޭތެރޭ އެ މީހުން ވަރަށް ސީރިއަސްކަން ގުޅުން ބަދަހިވެފައިވާ މިންވަރުން އެނގެ އެވެ. އެގޮތުން އެކީގައި ހަފުލާތަކުގައި ބައިވެރިވުމާއި ޗުއްޓީތަކަށް އެކީގައި ދިއުން ފަދަ ކަންކަން މިހާރު ވަރަށް އާންމެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.