ޕޯޓު ތިލަފުއްޓަށް ބަދަލުކޮށްދޭން، މޭޔަރު ކަމުގައި ހުރިއިރު ރައީސް ސާލިހުގެ އަރިހުން އެދުނިން: ރައީސް

ޕޯޓު ތިލަފުއްޓަށް ބަދަލުކޮށްދޭން، މޭޔަރު ކަމުގައި ހުރިއިރު ރައީސް ސާލިހުގެ އަރިހުން އެދުނިން: ރައީސް

ކުރީ ސަރުކާރުން ގުޅިފަޅުގައި އެޅުމަށް ނިންމި މާލޭ ޕޯޓު ތިލަފުއްޓަށް ބަދަލުކޮށްދޭން، މޭޔަރުކަމުގައި ހުންނެވިއިރުވެސް ރައީސް ސާލިހުގެ އަރިހުން އެދުނު ކަމުގައި ރައީސް މުއިއްޒު ވިދާޅުވެއްޖެއެވެ.

މުއިއްޒު މިހެން ވިދާޅުވެފައި ވަނީ ޕީއެންސީގެ ޓިކެޓުގައި މާފަންނު ހުޅަނގު ދާއިރާގެ ވާދަކުރައްވާ އަހްމަދު މުސްތަފާ މުހައްމަދުގެ ކެމްޕެއިން ޖަލްސާގައި ރޭ ވާހަކަފުޅު ދައްކަވަމުންނެވެ.

ރޭގެ ޖަލްސާގައި ވާހަކަ ދައްވަމުން ރައީސް މުއިއްޒު ވިދާޅުވީ މޭޔަރުކަމުގައި ހުންނެވިއިރު، ރައީސް ސާލިހުއާއި ބައްދަލު ކުރައްވާ އެމަނިކުފާނު އެދިވަޑައިގަތީ، ގުޅީފަޅުގެ ފުންބައިވެސް ހިމެނޭގޮތަށް، އެ ސަރަހައްދުގައި 30،000 މީހުންނަށް ދިރިއުޅޭވޭގޮތަށް 200 ހެކްޓަރު އެފަޅުން ހިއްކުމަށް މާލޭ ސިޓީވެސް ހިމެނޭގޮތުން ޕްލޭނެއްތައް ކުރުމަށް ކަމަށާއި އަދި ގުޅިފަޅުގައި ތަރައްގީ ކުރުމަށް ނިންމާފައިވާ ޕޯޓު ތިލަފުއްޓަށް ބަދަލުކޮށް ދިނުމަށް ކަމުގައެވެ.

އެހެންނަމަވެސް އެ ސަރުކާރުން އެގޮތަށް ކޮށްދީފައި ނުވާކަމަށް ރައީސް މުއިއްޒު ވިދާޅުވިއެވެ.

އަޅުގަނޑުމެން އޮތީ ޖާގަ އިތުރުކޮށްފައި، ޕްލޭންގައި ނެތް ފުންކޮށް ސަރަހައްދު ހިއްކާކަށް. އެކަމަކު އަޅުގަނޑުމެންގެ މެނިފެސްޓޯގައި ހިމެނިން، އަދި 200 ހެކްޓަރުގެ ބިން ހިއްކުމުގެ މަސައްކަތް އަޅުގަނޑުމެން ގުޅިފަޅުން މިކުރަނީ. އޮޅުވާލަން މަސައްކަތް ކުރިޔަސް އެކަން ނުކުރެވޭނެ.

ރައީސް ވިދާޅުވިއެވެ.

މާލޭ ވިޔަފާރު ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަށް އެންމެ ފުރަތަމަ ނިންމީ ކުރީގެ ރައީސް ޔާމިންގެ ވެރިކަމުގައެވެ. އެހެންނަމަވެސް ރައީސް ސާލިހު ވެރިކަމަށް ވަޑައިގެންނެވުމަށްފަހު ނިންމެވީ އެމަޝްރޫ ގުޅީފަޅުގައި ކުރިޔަށް ގެންދިއުމަށެވެ. އަދި އެ ސަރުކާރުން ނިންމީ އިންޑިއާގެ އެގްޒިމް ބޭންކުން 5 ބިލިއަން ރުފިޔާގެ ލޯނެއް ނަގައިގެން، އަހަރަކު 4 ލައްކަ ކޮންޓެއިނަރގެ ކެޕޭސިޓީ ހުރި ބަނދަރެއް އެ ތަނުގައި ތަރައްގީ ކުރުމަށެވެ. އަދި މަޝްރޫޢުގެ ބިން ހިއްކުމުގެ މަސައްކަތް ފާއިތުވި އަހަރުގެ ޖުލައިމަހު ނެދަލޭންޑްސްގެ ކުންފުންޏެއް ކަމަށްވާ ބޮސްކާލިސް އާ ހަވާލު ކޮށްފައި ވެއެވެ.

އެހެންނަމަވެސް ރައީސް މުއިއްޒު ވެރިކަމަށް ވަޑައިގެންނެވުމަށްފަހު އަނެއްކާވެސް ވަނީ އެ މަޝްރޫޢު ތިލަފުއްޓަށް ބަދަލު ކޮށްފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *