ފ. މަގޫދޫގައި އަޅަމުންދާ އެއަރޕޯޓުގެ މަސައްކަތް ކުއްޓިފައި އޮތްކަމަށް. ބުނެ އެރަށުގެ ރައްޔުތުން ރޭ އިހުތިޖާޖު ކޮށްފިއެވެ. އިހުތިޖާޖު ކުރި ފަރާތްތަކުން ބުނެފައިވަނީ އެރަށުގެ އެއަރޕޯޓުގެ މަސައްކަތް ހުއްޓުވާފައިވަނީ ކައިރީގައި އޮތް ނިލަންދޫގައި އެއަރޕޯޓު އެޅުމަށް ބޭނުންވާ ބިން ހިއްކުމަށް ބޭނުންވާ ސާމާނު މަގޫދޫ އެއަރޕޯޓުން ގެންދިއުމުން ކަމުގައެވެ.
އަދި އިހުތިޖާޖު ކުރި މީހުންނަވަނީ އެ އެއަރޕޯޓުގެ މަސައްކަތް ވަގުތުން ވަގުތަށް ފެށުމަށް ގޮވާލާފައެވެ.،
މުޒާހިރާ ކުރި ފަރާތްތަކުން ބުނެފައިވަނީ މަގޫދޫ އެއަރޕޯޓުގެ މަސައްކަތް ހުއްޓާލާފައިވަނީ އެ އެއަރޕޯޓުގެ %70 މަސައްކަތް ނިމިފައިވަނިކޮށް ކަމުގައެވެ.
މުޒާހިރާކުރި ބައެއް ފަރާތްތަކުން ތުހުމަތު ކުރާ ގޮތުގައި އެ ރަށުގެ އެއާޕޯޓު މަސައްކަތް މަޑުޖައްސާލާފައި ވަނީ ޑރ. މުހައްމަދު މުއިއްޒުގެ ކޮއްކޯފުޅު ސައުދާއަށް ނިލަންދޫ ދާއިރާގެ ރައްޔިތުން މަޖިލީހުގެ އިންތިހާބު ކާމިޔާބު ކޮށްދިނުމަށް އެ ރަށުގެ ރައްޔިތުންގެ ބަޔަކު އެދިގެން ނިލަންދޫގެ ބިން ހިއްކުމުގެ މަސައްކަތް ކުރިޔަށް ގެންދިއުމަށެވެ.
231.5 މިލިއަން ރުފިޔާ އަށް މަގޫދޫގައި އެއާޕޯޓެއް ތަރައްގީ ކުރުމަށް އެމްޓީސީސީ އާ ހަވާލުކުރީ މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ 19 ގައެވެ. ސަރުކާރުން އެމްޓީސީސީ އާ އެ މަޝްރޫއު ހަވާލުކުރީ 550 ދުވަހުގެ ތެރޭ ނިންމާ ގޮތަށެވެ.
މަގޫދޫ އެއާޕޯޓުގެ އިމާރާތްކުރާ ފަޔާ ބިލްޑިންގެ މަސައްކަތްތައް ވަނީ ނިންމާފައެވެ. އަދި މަސައްކަތް ހުއްޓުނުއިރު ކުރިޔަށް ދަނީ އެ އެއަރޕޯޓުގެ ފަސިންޖަރުންގެ ޓާމިނަލްގެ އިމާރާތުގެ ފިނިޝިންގެ މަސައްކަތާއި، ޖެޓުތައް ޕާކުކުރާނެ ސަރަހައްދަކާއި ޖެޓް ފިއުލް ފާމެއް ހެދުމުގެ މަސައްކަތްތަކެވެ.
ނިލަންދޫގައި އެއާޕޯޓް ހަދަން ބިން ހިއްކަން އެމްޓީސީސީ އާ ހަވާލުކޮށްފައިވަނީ ވަނީ ފާއިތުވި ހަފްތާގައެވެ.