ރާއްޖޭގައި ނަސޯރާ ދީން ފަތުރަން އުޅުނު ޖަރުމަނުވިލާތުގެ ދެ ފަތުރުވެރިންގެ ބަންދުގެ މުއްދަތު ޖަހައިފި

ރާއްޖޭގައި ނަސޯރާ ދީން ފަތުރަން އުޅުނު ޖަރުމަނުވިލާތުގެ ދެ ފަތުރުވެރިންގެ ބަންދުގެ މުއްދަތު ޖަހައިފި

Author
ހުސެއިން
29 މާރޗް 2024 11:41
0

ޖަރުމަނުވިލާތުގެ ދެ ފަތުރުވެރިންގެ ބަންދުގެ މުއްދަތު ކުރިމިނަލް ކޯޓުން ޖަހައިފިއެވެ.

ފުލުހުން ހާމަކޮށްފައިވާ ގޮތުގައި މި ދެމީހުންގެ ބަންދުގެ މުއްދަތު ޖަހާފައިވަނީ އިއްޔެއެވެ.

ހުޅުމާލޭ ފޭސް 2 ގެ ފްލެޓްތަކުގައި ހުރި މެއިލް ބޮކްސްތަކަށް ނަސާ ދީނުގެ ލިޔުންތަކެއް، ދިވެހި ބަހަށް ތަރުޖަމާކޮށްފަހުރި އެބްސައިޓްތަކެއްގެ ލިންކު ހިމެނޭ ބިޒްނަސް ކާޑުތަކެއް އަޅި މައްސަލާގައި ޖަރުމަނަށް ނިސްބަތްވާ ދެ އަންހެނަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވަނީ ފާއިތުވި ހަފްތާގެ ބުދަ ދުވަހުއެވެ.

މި ދެމީހުންނަކީ ޖަރުމަނުވިލާތަށް ނިސްބަތްވާ ދެމީހުން ކަމަށާއި، އެމީހުން ރާއްޖެ އައިސްފައިވަނީ ޓޫރިސްޓް ވިސާގައި ކަމަށްވެސް ފުލުހުން މައުލޫމާތުދީފައި ވެއެވެ.

ދިވެހި ރައްޔިތުންގެ ދީނީ އެއްބައިވަންތަކަން ހިމާޔަތް ކުރުމުގެ ގާނޫނު (ގާނޫނު ނަންބަރު 6/1994) ބުނާގޮތުން އިސްލާމްދީން ނޫން އެހެން ދީންތަކުގެ މީހުން އަޅުކަން ކުރާތަންތަން ހެދުމާއި އިސްލާމްދީން ނޫން އެހެން ދީންތަކުގެ ޝިއާރު ކަމަށް ބެލެވޭ ތަކެތި ވިއްކުމާ ގެންގުޅުމަކީ އިޝްތިހާރު ކުރުމަކީ މަނާކަމެކެވެ. އަދި އިސްލާމްދީން ނޫން އެހެން ދީންތައް ކުރިއެރުވުމަށް މަސައްކަތް ކުރުމަކީ މަނާކަމެއް ކަމުގައި އެ ގާނޫނުގައިވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.