ދުރު ރާސްތާ ކުރޫޒް މިސައިލް އުފައްދަން ފެށުމަށް ޖަޕާނުން ނިންމައިފި

ދުރު ރާސްތާ ކުރޫޒް މިސައިލް އުފައްދަން ފެށުމަށް ޖަޕާނުން ނިންމައިފި

Author
ހުސެއިން
19 ޑިސެމްބަރ 2020 07:28
0

އަމިއްލަ ސަލާމަތާއި ރައްކާތެރި ކަމަށްޓަކާ، ދުރު ރާސްތާގެ ކުރޫޒް މިސައިލް އުފެއްދުމަށް، މިމަހު 18 ވަނަ ދުވަހު ބޭއްވުނު ކެބިނެޓް ބައްދުލުވުމުގައި ޖަޕާން ސަރުކާރުން ނިންމައިފިއެވެ.

މި މިސައިލްތަކަކީ، ދުޝްމަނުންގެ އަމާޒުތަކަށް ހަމަލާ ދިނުމުގެ ގާބިލްކަން ލިބިގެންވާ މިސައިލްތަކެއް ކަމަށް ފާހަގަ ކުރައްވަމުން، ޖަޕާންގެ ޑިފެންސް މިނިސްޓަރ ނުބުއޯ ކިޝި ވިދާޅުވީ، "ޖަޕާނުގެ ހުޅަގު ދެކުނު ސަރަހައްދުގައިވާ ރަށްތަކުގެ ސަލާމަތައްޓަކާ އަގައުމުން ހަތިޔާރު ބޭނުންވާ" ކަމުގައެވެ.

ޖަޕާނުން އަލަށް އުފެއްދުމަށް ހަމަޖެހިފައިވާ، Type 12 surface-to-ship guided missile"ގެ ސަބަބުން، ޖަޕާނުގެ އެއްގަމު ސިފައިންގެ ގާބިލްކަން އެތައް ގުނައަކަށް އިތުރުވެގެން ދާނެއެވެ. އަދި ދުރަށް ހަމަލާދިނުމުގެ ގާބިލްކަންވެސް ވަރަށް ބޮޑުތަނުން އިތުރުވެގެން ދާނެއެވެ. ޖަޕާނުން ބުނެފައިވަނީ، އެގައުމުން އުފެއްދުމަށް ބޭނުންވަނީ ހަމައެކަނި، ބިމުން ވަޔަށް އުދުއްސާލެވޭ ޒާތުގެ މިސައިލްތައް އެކަނި ނޫންކަމަށެވެ. މީގެ އިތުރުން އެއަރކްރާފްޓް ތަކުންނާއި މަނަވަރުތަކުން އުދުއްސާލެވޭ ޒާތުގެ މިސައިލްތައްވެސް އުފެއްދުމުގެ މަސައްކަތް ކުރާނެކަމަށްވެސް ޖަޕާނުން ވަނީ ބުނެފައެވެ.

ޖަޕާނުން މިހާތަނަށް އައިއިރު، އެހެން ގައުމުތަކުގެ ސަރަހައްދުތަކަށް ފޯރާވަރުގެ، ދުރުރާސްތާ މިސައިންތަކެއް އެގައުމުގައި އުފައްދާފައެއް ނުވެއެވެ. އެހެންނަމަވެސް، މުޅި ދުނިޔޭގައިވެސް މިސައިލްތަކުން ހަމަލާދެވޭ ދުރުމިން އެތައްގުނައަކަށް އިތުރުވެގެން ގޮސްފައިވާއިރު، ނުރައްކަލެއް ނެތް އެތައް ގައުމަކަށްވެސް، ޖަޕާނާ ހަމައަށް ފޯރާވަރުގެ މިސައައިލްގެ ގާބިލްކަން ލިބިގެން ގޮސްފައިވާތީ، ޖަޕާނުން ބުނެފައިވަނީ، އެގައުމުންވެސް، ދިފާއީ ބާރު ވަރުގަދަ ކުރަން ބޭނުންވާ ކަމުގައެވެ.

ދުރުރާސްތާ މިސައިލް އުފެއްފުމަށް ޖަޕާނުން ނިންމާފައިވާއިރު، މީގެއިތުރަށް އެގައުމުގެ ސަލާމަތާ ރައްކާތެރިކަމަށްޓަކާ، ދެ މަނަވަރު ބަނުމަށްވެސް އެގައުމުން ވަނީ ނިންމާފައެވެ. މިނަމަވަރުތައް ބޭނުން ކުރުމަށް ހަމަޖެހިފައިވަނީ، މީގެކުރިން ޖަޕާނުން ބޭނުން ކޮށްފައިވާ "އޭގިސް އެޝޯ"ގެ ނަން ދެވިފައިވާ ބިމުގައި ބަހައްޓާ މިސައިލް އިންޓާރސެޕްޝަން ސިސްޓަމް ބޭނުންކުރި ސަރަހައްދުގައެވެ. މި މިސައިލް އިންޓަރސެޕްޝަން ސިސްޓަމަކީ ފަހުން ޖަޕާނުން ބޭނުން ކުރުން ހުއްޓާލާފައިވާ ސިސްޓަމެކެވެ.

މި މަނަވަރުތަކުގައި ބޭނުން ކުރުމަށް ހަމަޖެހިފައިވާ، ރާޑަރ ސިސްޓަމްތައް ތައްޔާރު ކުރުމަށް ހަމަޖެހިފައިވަނީ، ހަގުރާމަމަތީ އެކުއިޕްމަންޓަތައް ތައްޔާރު ކުރުމަށް މަޝްހޫރު ކުންފުނި ލޮކީޑް މާޓިންއާއި ހަވާލު ކޮށްގެންނެވެ. ޖަޕާނުން މިހާރުވަނީ މި ރާޑަރުތައް އުފެއްދުމުގެ މަސައްކަތުގައި މި ކުންފުޏާއެކު ސޮއިކޮށްފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.