ކުރިއަށް އޮތް ރައްޔިތުންގެ މަޖިލިހުގެ އިންތިހާބުގައި ޕީޕީއެމް/ޕީއެންސީގެ ޗީފް ސްޕޯކްސްޕާސަނަކަށް އެންސްޕާގެ މެނޭޖިން ޑިރެކްޓަރު ހީނާ ވަލީދު ހަމަޖައްސައިފިއެވެ.
ހީނާ މިއަދާ ހަމައަށް ހުންނެވީ ޕީޕީއެމގެ ތަރުޖަމާނު ކަމުގެ މަގާމުގައެވެ.
ކުރިއަށް އޮތް ރައްޔިތުންގެ މަޖިލިހުގެ އިންތިހާބުގައި ޕްރޮގްރެސިވް ކޮންގްރެސްގެ ފަރާތުން 90 ދާއިރާއަކަށް ވާދަކުރެއެވެ. އެކޯލިޝަނުން ވާދަ ނުކުރަނީ ސަރުކާރަށް ތާއީދު ކުރާ ޕާޓީތަކުގެ ލީޑަރުން ވާދަކުރައްވާ ދާއިރާތަކަށެވެ. އެއީ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވާދަކުރައްވާ މާމިގިލި ދާއިރާ އާއި އެމްޑީއޭގެ ރައީސް އަހުމަދު ސިޔާމް ވާދަކުރައްވާ ދ. މީދޫ ދާއިރާ އާއި އެމްއެންޕީގެ ލީޑަރު މުހައްމަދު ނާޒިމް ވާދަކުރައްވާ މާފަންނު އުތުރު ދާއިރާއެވެ.
އެ ދާއިރާތަކަށް ވާދަނުކުރަނީ ލީޑަރުންނަށް އެ ފުރުސަތު ދެއްވުމަށާއި އެ ބޭފުޅުންނަށް ކުރައްވާ އިހްތިރާމެއްގެ ސަބަބުން ކަމަށް ޕީޕީއެމް/ޕީއެންސީން ވަނީ ބުނެފައެވެ.
އަންނަ މަހުގެ 21 ވަނަ ދުވަހު އޮންނަ ރައްޔިތުންގެ މަޖިލިހުގެ އިންތިހާބުގައި ޕީޕީއެމް/ޕީއެންސީ ލީޑް ކުރައްވާ ރައީސް ޑރ. މުހައްމަދު މުއިއްޒު ގެންދަވަނީ ކޮންމެ ދުވަހަކާއި ރެއަކު ކަހަލަ ގޮތަކަށް އެކިއެކި ކެންޑިޑޭޓުންގެ ކެމްޕެއިންތަކުގައި ބައިވެރިވެވަޑައިގަންނަވަމުންނެވެ.
ކޮމެންޓު ފޮނުވާ