ސްޓެލްކޯއިން ދޭ ހައްޖާއި އުމްރާ ދަތުރު ލިބޭ މުވައްޒަފުން ހޮވައިފި

ސްޓެލްކޯއިން ދޭ ހައްޖާއި އުމްރާ ދަތުރު ލިބޭ މުވައްޒަފުން ހޮވައިފި

ސްޓެލްކޯއިން ދޭ ހައްޖާއި އުުމްރާ ދަތުރު ލިބޭ މުވައްޒަފުން ރޭ ހޮވައިފިއެވެ. މި މުވައްޒަފުން ހޮވީ ރޭ ބޭއްވުނު ހަފްލާއެއްގައި ގުރުވަތު ލައިގެންނެވެ.

ސްޓެލްކޯގެ ހައްޖުގެ އަޅުކަން އަދާކުރުމަށް ހޮވުނު ފަރާތްތައް:

  • އަބްދުﷲ އާމިރު
  • މުހައްމަދު އާދިލް
  • އައިޝަތު ޝިޒްނާ

އުމްރާގެ އަޅުކަން އަދާކުރުމަށް ގުރުއަތުން ހޮވިފައިވަނީ:

    • އާޒިމް އާދަމް
    • މުހައްމަދު އާރިފް
    • ހަދީޖާ އިފްޝާ

ސްޓެލްކޯއިން ބުނެފައިވަނީ އެ ކުންފނިން ދެމުންގެންދާ ހައްޖުގެ އަޅުކަމުގެ ފުރުސަތު ދެނީ ކުންފުންޏަށް 15 އަހަރަށްވުރެ ގިނަ ދުވަހު ހިދުމަތް ކުރުމުގައި ދެމިތިބޭ މުވައްޒަފުންގެ ތެރެއިން އެކަމަށް ކުރިމަތިލާ މުވައްޒަފުންނަށް ކަމަށެވެ. އަދި އުމްރާގެ އަޅުކަމުގެ ފުރުސަތު ދެނީ ފަސް އަހަރަށްވުރެ ގިނަ ދުވަހު ހިދުމަތްކޮށްދީފައިވާ މުވައްޒަފުންގެ ތެރެއިން އެކަމަށް ކުރިމަތިލާ މުވައްޒަފުންނަށް ކަމަށެވެ.

މީގެ ކުރިން ހައްޖު އަދި އުމްރާގެ ފުރުސަތު ކުންފުނިން ދީފައި ވަނީ ކޮންމެ އަހަރަކު އަންހެން މުވައްޒަފަކަށާއި، ފިރިހެން މުވައްޒަފަކަށެވެ. އެހެން ނަމަވެސް، ކުންފުނީގެ އެކަމާއި ގުޅުންހުރި ސިޔާސަތަށް ބަދަލުގެނެސް މި އަހަރު ވަނީ ހައްޖުގެ އަޅުކަމަށާއި، އުމްރާގެ އަޅުކަމަށް ދެ ފިރިހެން އަދި އެއް އަންހެނުންނާއެކު ޖުމްލަ ހަ މުވައްޒަފުން ހޮވާފައެވެ.

މި އަހަރުގެ ހައްޖުގެ މަތިވެރި އަޅުކަން އަދާކުރުމަށް (އަންހެން ފިރިހެން ވަކިން) ހުޅުވާލި ފުރުސަތަށް އިޖާބަދީ، ހައްޖުގެ އަޅުކަން އަދާކުރުމަށް ހުށަހެޅީ 116 މުވައްޒަފުން ކަމަށް ސްޓެލްކޯއިން ބުނެއެވެ. އޭގެ ތެރެއިން ޝަރުތު ފުރިހަމަވެފައި ވަނީ 98 މުވައްޒަފުންނެވެ. އަދި އުމްރާގެ އަޅުކަން އަދާކުރުމަށް 263 ފަރާތަކުން ހުށަހެޅި އިރު، ޝަރުތުހަމަވެފައިވަނީ 254 މުވައްޒަފުންނެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *