ކެންޑިޑެސީ ބާތިލުކުރި ވީބީ ހަސަންގެ ތާއީދު އެމްޑީޕީގެ ކެނޑިޑޭޓަށް

ކެންޑިޑެސީ ބާތިލުކުރި ވީބީ ހަސަންގެ ތާއީދު އެމްޑީޕީގެ ކެނޑިޑޭޓަށް

Author
ހުސައިން
28 މާރޗް 2024 06:04
0

ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވާދަކުރުމުގެ ޝަރުތު ނެތް ކަމަށް ސުޕްރީމް ކޯޓުން ކަނޑައެޅި ހަސަން ޝިޔާމް (ވީބީ ހަސަން) އިދިކޮޅު އެމްޑީޕީއަށް ތާއިދުކޮށްފިއެވެ.

އެގޮތުން އޭނާވަނީ ހަމަ އެ ދާއިރާ އަށް އެމްޑީޕީގެ ޓިކެޓުގައި ވާދަކުރައްވާ އިބްރާހިމް އަލީ ޖަލީލު (އިބޫ ޖަލީލް) އަށް ތާއީދުކުރައްވަން ނިންމާފަ އެވެ.

އަމިއްލަ ގޮތުން ވާދަކުރަން ނިންމެވި ޝިޔާމްގެ ކެންޑިޑެސީ ބާތިލުކުރަން ހުށަހަޅީ މެދުހެންވޭރު ދާއިރާއަށް ވާދަކުރައްވާ އެ ދާއިރާގެ މިހާރުގެ ވެސް މެންބަރު އަލީ އާޒިމްގެ ކޮއްކޮއެއް ކަމަށްވާ އިލްޔާސް އަހުމަދެވެ. އިލްޔާސް ހުށަހެޅި މައްސަލާގައި ބުނީ ހަސަންގެ މައްޗަށް ސާބިތު ދަރަންޏެއް އެބައޮތް ކަމަށެވެ.

އެހެންވެ ސުޕްރީމް ކޯޓުގައި އެ މައްސަލަ ބެއްލެވި ތިން ފަނޑިޔާރުންގެ އިއްތިފާގުން މިއަދު ކުރި ހުކުމުގައި އިންތިހާބުގައި ވާދަކުރުމުގެ ޝަރުތު ހަސަންގެ ކިބައިގައި ފުރިހަމަނުވާ ކަމަށް ކަނޑައަޅާފައެވެ.

ނިމިދިޔަ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި އާރްޑީސީން ހިންގި ހިޔާނާތުގެ މައްސަލާގައި ކުރީގެ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް ހާޒިރުކޮށްފައިވާއިރު ޝިޔާމް ވަނީ އެމްޑީޕީގެ އިސް ބޭފުޅުންނާ އެކު އެ ސަރަހައްދަށް ވަޑައިގެންފައެވެ.

ފުލުސް އޮފީހުން ފައްޔާޒު ނިކުމެވަޑައިގެންނެވުމުން ޝިޔާމް ވަނީ އޭނާގެ ތާއިދު އޮތީ އެމްޑީޕީއަށް ކަމަށް ހާމަކޮށް ފޮޓޯއެއް ނަގާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.