ބޮލީވުޑްގެ އެކްޓަރު ސޮހޭލް ހާން އޭނާގެ ދެ ދަރިންނާއި އެކުގައި ރާއްޖޭގަިއ ޗުއްޓީ ހޭދަކުރަމުން އެބަދެއެވެ.
އޭނާ ރާއްޖެ އައިސްފައިވަނީ އިއްޔެގެ ވަގުތެއްގައި ކަމަށްވެއެވެ. އޭނާ ޗުއްޓީ ހޭދަކުރީ ރާއްޖޭގެ ކޮން ރިސޯޓެއްގައި ކަމެއް އަދި ނޭނގެ އެވެ. ބޮލީވުޑްގެ ތަރިންގެ މެދުގައި ވަރަށް މަގުބޫލު މަންޒިލެއްގެ ގޮތުގައި ރާއްޖެ ހިމެނޭއިރުގައި މިހާތަނަށް ވެސް މަޝްހޫރު ބައެއް ސެލެބްރިޓީން ވަނީ ރާއްޖޭގައި ޗުއްޓީ ހޭދަކޮށްފައިއެވެ.
ސޮހައިލް ވަނީ 2017 ވަނަ އަހަރު ވެސް ޗުއްޓީއަށް ރާއްޖެ އައިސްފަ އެވެ. އެ ފަހަރު އައީ އޭނާގެ ކުރީގެ އަންހެނުން ސީމާ ސަޖުދެއާ އެކު އެވެ. ނަމަވެސް މިހާރު ވަނީ އެކައިވެނި ރޫޅީފައިއެވެ.
ބޮލީވުޑްގެ ނުފޫޒު ގަދަ އާއިލާ އަކަށް ނިސްބަތްވާ ސޮހެލް އަކީ ކުރިން ބައެއް ފިލްމް ތަކުން ފެނިގެން ގޮސްފަިއވާ އެކްޓަރެކެވެ. ނަމަވެސް ބޮލީވުޑއިް އޭނާ އަށް މާބޮޑު ކުރިއެރުމެއް ނުލިބުމުން މަޑުމަޑުން ބޮޑުސްކްރީން އިން ގެއްލި އޭނާ މިހާރު އެއްވެސް ވަރަކަށް ފިލްމް އަކުން ފެނިގެން ނެއް ނުދެއެވެ. ސޮހެލް އަކީ މަޝްހޫރު ސްޕަސްޓާރު ސަލްމާން ހާންގެ ކޮއްކޮ އެވެ.