އިޔާދަވަމުންދަނީ ކުރީގައިވެސް ފެނުނު އަނިޔާވެރިކަމާއި މުއައްސަސާތަކުގެ ބާރު ކަނޑުވާލުމުގެ ހިތި ސިލްސިލާ: ރައީސް ސާލިހު

އިޔާދަވަމުންދަނީ ކުރީގައިވެސް ފެނުނު އަނިޔާވެރިކަމާއި މުއައްސަސާތަކުގެ ބާރު ކަނޑުވާލުމުގެ ހިތި ސިލްސިލާ: ރައީސް ސާލިހު

ގުޅުންހުރި
ކުރީގައިވެސް ފެނުނު އަނިޔާވެރިކަމާއި މުއައްސަސާތަކުގެ ބާރު ކަނޑުވާލުމުގެ ހިތި ސިލްސިލާ މިސަރުކާރުން އިއާދަކުރަން ފަށާފައިވާކަމަށް ކުރީ ރައީސް ސާލިހު ވިދާޅުވެއްޖެއެވެ.
ރައީސް ސާލިހު މިހެން ވިދާޅުވެފައިވަނީ އާރުޑީސީގެ ގިނަ އަދަދެއްގެ ފައިސާއަށް ކުރީ ސަރުކާރުގެ ވެރިން ޚިޔާނާތްތެރި ވެފައިވާކަމަށް ކުރެވޭ ތުހުމަތުތަކާއި ގުޅިގެން ފުލުހުން ކުރިޔަށް ގެންދާ ތަހުގީގަށް، އެމްޑީޕީގެ ޗެއަރޕާސަން ފައްޔާޒި އިސްމާއިލު ޕޮލިހަށް ހާޒިރުވާން މިއަދު ޗިޓް ފޮނުވުމާއި ގުޅިގެންނެވެ. ފައްޔާޒު އިސްމާއިލް ޕޮލިހަށް ހާޒިވާން އަގާފައިވަނީ މިމަހުގެ 28 ވަނަ ދުވަހުގެ މެންދުރުފަހު 15:00 އަށެވެ.
ފައްޔާޒު ޕޮލިހަށް ހާޒިރުކުރުމަށް ޗިޓް ފޮނުވުމާއި ގުޅިގެން ރައީސް ސާލިހު ކުރެއްވި އެކްސް ޕޯސްޓުގައި ވިދާޅުވީ އެއްވެސް އަސާސެއްނެތި އިދިކޮޅު ސިޔާސީ ލީޑަރުން ފުލުސް އޮފީހަށް ހާޒިރުކުރަން ފެށުމުން އެ އިޔާދަވަނީ ކުރީގައިވެސް ދިވެހިން ރައްޔިތުން ދުށް އަނިޔާވެރިކަމާއި ޤާނޫނީ މުއައްސަސާތަކުގެ ބާރު ކަނޑުވާލުމުގެ ހިތި ސިލްސިލާ ކަމަށާއި، އަނިޔާވެރި ނުވެވެސް ރައްޔިތުންނަށް ހިދުމަތް ކުރެވޭނެ ކަމުގައެވެ.

ފުލުހުން ފައްޔާޒަށް ފޮނުވާފައިވާ ޗިޓުގައި ބުނެފައިވަނީ އޭނާ ޕޮލިހަށް ހާޒިރު ކުރަނީ ރޯޑް ޑިވެލޮޕމަންޓް ކޯޕަރޭޝަން ލިމިޓެޑް (އާރުޑީސީ)އަށް ލިބޭ ފައިސާ އެކުންފުނީގެ ވެރިންނާއި އާރުޑީސީއާއި ގުޅުން އޮންނަ ފަރާތްތަކާއި ކުންފުނިތަކަށް ދޫކޮށް އާރުޑީސީގެ ފައިސާއަށް ޚިޔާނާތްތެރި ވެފައިވާ މައްސަލާގައި ކަމުގައެވެ.

އަރުޑީސީގެ ޚިޔާނާތުގެ ތަހުގީގަށް ފުލުހަށް ހާޒިރުވާން ޗިޓް ފޮނުވުމާއި ގުޅިގެން ކުރެއްވި އެކްސް ޕޯސްޓެއްގައި ފައްޔާޒު ވިދާޅުވީ އަސާސެއް ނެތް ސިޔާސީ ތުހުމަތުތަކުގެ ސިލްސިލާ ފެށުނީ ކަމަށާއި، އާރުޑީސީއިން ޚިޔާނާތެއް ވެއްޖެކަމަށްބުނެ ބަލާ މައްސަލައަކީ އެއްވެސް ހަގީގަތެއް އެކުލެވޭ މައްސަލައެއް ނޫން ކަމުގައެވެ.
އަޅުގަނޑަށް ތުހުމަތެއް ކުރެވިދާނޭފަދަ އެއްވެސް ކަމެއް ކޮށްފައި ނޯންނާނެކަން ސާބިތުކަމާއެެކު ދަންނަވަން. ސިޔާސީ ސަބަބަކަށްޓަކައި ހިންގާ ތަހުގީގަކަށް ވިޔަސް މި ތަހުގީގަށް އަޅުގަނޑުގެ ފުރިހަމަ އެއްބާރުލުން ލިބޭނެ. ސިޔާސީ ކެމްޕޭނުތައް ހިންގުމުގައި ގައުމީ މުއައްސަސާތައް ބޭނުންކުރުން ހުއްޓާލުމަށް މި ސަރުކާރަށް ގޮވާލަން.
ފައްޔާޒުގެ އެކްސް ޕޯސްޓުގައި ވިދާޅުވެފައި ވެއެވެ.

ރައީސް އިބުރާހިމް މުހައްމަދު ސާލިހުގެ ސަރުކާރުގައި އާރުޑީސީގެ ފައިސާއަށް ޚިޔާނާތްތެރިވެފައިވާ މީހުންގެ ތަހުގީ މިހާރު ނިމުމަކާއި ހަމައަށް އައިސްފައިވާ ކަމަށާއި، އެ ފަރާތްތަކުން އޮޅުވާލައިގެން މަކަރާއި ހީލަތުން ފައިސާ ހިޔާނަތްތެރިވެފައިވާކަން ތަހުޤީޤަށް ހޯދިފައިވާކަމަށް ފުލުހުން ވަނީ ބުނެފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ