"ޗާންދަނީ ބާ" ގެ ސީކްއެލް ހަަދަނީ

"ޗާންދަނީ ބާ" ގެ ސީކްއެލް ހަަދަނީ

2002 ވަނަ އަހަރު ރިލީޒް ކުރި ފިލްމް "ޗާންދުނީ ބާ" ގެ ދެވަނަ ބައި އަންނަ އަހަރު ގެނެސްދޭން ނިންމައި އެކަން އިއުލާން ކޮށްފިއެވެ.

ކުޅަދާނަ ޑައިރެކްޓަރު މަދޫރް ބަންޑާކަރް ޑައިރެކްޓްކޮށް، ތައްބޫ މޮޅު އެކްޓިންއެއް ދެއްކި ފިލްމުގެ ދެވަނަ ބައި ސިނަމާތަކަށް ގެންނަން ހަމަޖެހިފައި ވަނީ އަންނަ އަހަރުގައި ކަމަށް މައުލޫމާތު ލިބެއެވެ.

އަދި "ޗާންދުނީ ބާ 2″ ގެ ޑައިރެކްޝަނާ ހަވާލުވެފައި ވަނީ ފުރަތަމަ ބައިގެ ސްކްރީންޕްލޭ ލިޔުނު މޯހަން އާޒާދު އެވެ. ނަމަވެސް "ޗާންދުނީ ބާ 2″ ގައި ކުރީގެ ކާސްޓުން ހިމެނޭނެ ކަމެއް އަދި ކަށަވަރެއް ނުވެ އެވެ.

އަދި މި ފިލްމް އިން ފެނިގެން ދާނީ ކޮން ތަރިންތަކެއް ކަމެއް ވެސް އަދި ހާމައެއް ނުކުރެވެ. ފާހަގަ ކޮށްލެވޭ ކަމަކީ މިހާރަކަށް އައިސް ކުރީގެ މަޝްހޫރު ފިލްމް ތަކުގެ ރިމޭކް ތަކަށް ލިބޭ ތަރުހީބު ބޮޑު ކަމެވެ.

އެންމެ 15 މިލިއަން ޑޮލަރު (1.8 މިލިއަން ޑޮލަރު) ގެ ބަޖެޓަކުން އުފައްދައި ބޮކްސް އޮފީހުގައި 66 ކްރޯޑް ރުޕީސް (7.9 މިލިއަން ޑޮލަރު) ގެ އާމްދަނީއެއް ހޯދި ކާމިޔާބު ފިލްމްއެކެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *