ކަސްޓަމްސްގެ ޑެޕިއުޓީ ކޮމިޝަނަރކަމަށް ބޭފުޅަކު ހަމަޖައްސަވައިފި

ކަސްޓަމްސްގެ ޑެޕިއުޓީ ކޮމިޝަނަރކަމަށް ބޭފުޅަކު ހަމަޖައްސަވައިފި

Author
ހުސެއިން
26 މާރޗް 2024 12:34
0

މޯލްޑިވްސް ކަސްޓަމްސްގެ ޑެޕިއުޓީ ކޮމިޝަނަރކަމަށް ބޭފުޅަކު ރައީސް މުއިއްޒު ހަމަޖައްސަވައިފިއެވެ. އެމަގާމަށް ހަމަޖައްސަވާފައިވަނީ އިބުރާހިމް މަފާޒްއެވެ.

ކަސްޓަމްސްއިން ބުނެފައިވަނީ އޭނާއަކީ އޮސްޓްރޭލިއާގެ ކެމްބެރާ ޔުނިވާސިޓީން ކަސްޓަމްސް އެޑްމިނިސްޓްރޭޝަންގެ ދާއިރާއިން މާސްޓާސް ޑިގްރީ ހާސިލްކޮށްފައިވާ ފަރާތެއް ކަމުގައެވެ. އޭނާވަނީ ކަސްޓަމްސްގައި 27 އަހަރު މަސައްކަތް ކުރައްވާފައެވެ.

ޑެޕިއުޓީ ކޮމިޝަނަރކަމަށް އައްޔަން ކުރެއްވުމުގެ ކުރިން އޭނާ އަދާކުރައްވަމުން ގެންދެވީ ޑެޕިއުޓީ ޗީފް ސުޕްރިންޓެންޑެންޓްގެ މަގާމެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.