ގޭގޭގެ ކަރަންޓު ބިލާއި ފެން ބިލުތައް ނުދެއްކި ގިނަސުވަސްވެގެން އަރާފައިވާ ޖޫރިމަނާ މަޢާފުކުރަން ރައީސް މުއިއްޒު ނިންމައިފިއެވެ.
މިކަން ހަމަ ކޮށްފައިވަނީ އެމަނިކުފާނު ކުރެއްވި އެކްސް ޕޯސްޓެއްގައެވެ.
ރައީސް މުއިއްޒުގެ އެކްސް ޕޯސްޓުގައި ވިދާޅުވީ މިއީ ޢާއްމު ރައްޔިތުންގެ މާލީ ޙާލަތު ރަނގަޅު ކުރުމަށްޓަކައި ސަރުކާރުން އަޅަމުންދާ ފިޔަވަޅުތަކުގެ ތެރެއިން، އިތުރު ލުޔެއް ދިނުމުގެ ގޮތުން އެޅުއްވި ފިޔަވަޅެއް ކަމުގައެވެ.
އެގޮތުން ޑޮމެސްޓިކް ރޭޓުގައި ހުންނަ ގޭގޭގެ ކަރަންޓު ބިލާއި ފެން ބިލުތައް ނުދެއްކި ގިނަދުވަސް ވެގެން އަރާފައިވާ ޖޫރިމަނާ އެއްކޮށް މަޢާފުކުރަން ނިންމާ ކަމޭބެހޭ ކުންފުނިތަކަށް އެކަން އަންގަވާފައިވާނެކަމަށްވެސް ރައީސް މުއިއްޒު ވިދާޅުވިއެވެ.
ޢާއްމު ރައްޔިތުންގެ މާލީ ޙާލަތު ރަނގަޅު ކުރުމަށްޓަކައި ސަރުކާރުން އަޅަމުންދާ ފިޔަވަޅުތަކުގެ ތެރެއިން، އިތުރު ލުޔެއް ދިނުމުގެ ގޮތުން، ޑޮމެސްޓިކް ރޭޓުގައި ހުންނަ ގޭގޭގެ ކަރަންޓު ބިލާއި ފެން ބިލުތައް ނުދެއްކި ގިނަދުވަސް ވެގެން އަރާފައިވާ ޖޫރިމަނާ އެއްކޮށް މަޢާފުކުރަން ނިންމާ…
— Dr Mohamed Muizzu (@MMuizzu) March 24, 2024
ރައީސް މުއިއްޒު ވިދާޅުވީ، ނުދެއްކި ހުރި ފައިސާ ލުޔިގޮތަކަށް ދެއްކޭނޭ ގޮތަށް އެއްބަސްވުން ހެދުމަށްވެސް ކުންފުނިތަކަަށް އަންގަވާފައިވާ ކަމަށެވެ.