ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ސްޕްރީމް ކޯޓުން ޓީނު ނެގި މައްސަލައާއި، ރައީސް ނަޝީދުގެ ވެރިކަމުގައި ކްރިމިނަލް ކޯޓުގެ ޤާޒީ އަބްދުﷲ މުހައްމަދު ވަގަށް ނެގި މައްސަލަ އަލުން ބަލަން ޖެހޭ ކަމުގައި މާލެ ސިޓީގެ މޭޔަރުގެ މަޤާމަށް ވާދަ ކުރައްވާ އަލްހާން ފަހުމީ ވިދާޅުވެއްޖެއެވެ.
ދިވެހިރާއްޖޭގެ ފުރަތަމަ ޖުމްހޫރިއްޔާ ފެށުނު ދުވަހުން ފެށިގެން، ހިންގާފައިވާ ރައްޔިތުންގެ އިންސާނީ ހައްގުތަކާއި އަސާސީ މިނިވަންކަމާ ހިލާފު މައްސަލަތައް ބެލޭގޮތަށް ފާސްކުރި އިންތިޤާލީ އިންސާފުގެ ބިލަށް އިޝާރާތްކޮށް އަލްހާން ފަހުމީ ވިދާޅުވީ މާޒީގައި ހިނގައިފާ މައްސަލަތަކުގެ ތެރެއިން އަލުން ބަލާނަމަ ބަލަން އެންމެ އެކަށީގެންވާ ދެ މައްސަލަޔަކީ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ސްޕްރީމް ކޯޓުން ޓީނު ނެގި މައްސަލައާއި، ރައީސް ނަޝީދުގެ ވެރިކަމުގައި ކްރިމިނަލް ކޯޓުގެ ޤާޒީ އަބްދުﷲ މުހައްމަދު ވަގަށް ނެގި މައްސަލަކަމަށެވެ.
އަލުން ބަލަންޖެހޭ ބޮޑު ދެ މައްސަލަތައް! ޤާޞީ ޢަބްދުالله މުޙަންމަދު، ރައީސް ނަޝީދުގެ ގެ އަމުރަށް ހައްޔަރުކުރި މައްސަލަ! ރައީސް ޔާމީނުގެ އަމުރަށް ސުޕްރީމް ކޯޓުގެ ޓިނު ނަގައިގެން ވަދެ، ދެ ފަނޑިޔާރަކު ހައްޔަރު ކުރި މައްސަލަ!
– އަލްހާން ވިދާޅުވިއެވެ.
ފެބުރުއަރީ 1 ގައި ސުޕްރީމް ކޯޓުން އަމުރު ނެރުނީ، އިދިކޮޅު ސިޔާސީ ލީޑަރުން ހިމެނޭ ގޮތަށް ބަންދުގައި ތިބި ނުވަ ގައިދީއަކު ދޫކޮށްލުމަށެވެ. އޭގެ އިތުރުން، ރައްޔިތުންގެ މަޖިލީހުން ވަކިވެފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައަޅާފައިވާ 12 މެމްބަރުންގެ އެ މަގާމުން ވަކި ނުވާ ކަމަށް ވެސް ކަނޑައެޅި އެވެ. މި އަމުރު ސަރުކާރުން ތަންފީޒު ނުކުރީ، ދައުލަތް ހިންގަން ބުރޫއަރައި، ގާނޫނުއަސާސީ އޮޅުންބޮޅުންވެދާނެ ކަމަށް ބުނެ އެވެ. އަދި އެއީ، އުއްތަމަ ފަނޑިޔާރާއި އަލީ ހަމީދު ރިޝްވަތު ނަންގަވައިގެން ނެރުއްވި އަމުރެއް ކަމަށް ތުހުމަތު ކޮށް، ފެބްރުއަރީ 5 ވަނަ ދުވަހު ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށް އެ ދެ ބޭފުޅުން ވަނީ ހައްޔަރުކޮށްފަ އެވެ.
އަބްދުﷲ ޤާޒީ ހައްޔަރުކޮށްފައިވަނީ ރައީސް ނަޝީދުގެ ވެރިކަމުގައި 2012 ވަނަ އަހަރުގެ ތެރޭގައި ގޭގައި ހުންނަވަނިކޮށެވެ. އަބްދުﷲ ޤާޒީ އެކަހެރިކޮށް ރައީސް ނަޝީދުގެ ވެރިކަމުގައި ހިނގައިދިޔަ ކަންތައްތަކުގައި ގިނަ ބަޔަކުވަނީ މިކަމާއި ދެކޮޅަށް އަޑު އުފުލައި މުޒާހަރާ ކޮށްފައެވެ. މި މުޒާހަރާތަކާއި ގުޅިގެން ރައީސް ނަޝީދު ވަނީ މަޤާމުން އަމިއްލަފުޅަށް އިސްތިއުފާ ދެއްވާފައެވެ. އަދި މިމައްސަލާގައި ރައީސް ނަޝީދުވަނީ 11 އަހަރަށް ޖަލަށް ލުމަށްވެސް ހުކުމްކޮށްފައެވެ.
ކޮމެންޓު ފޮނުވާ