ޝާހިދު ގެ ކުރިއަށް އޮތީ "އަޝްވަތައްމާ"

ޝާހިދު ގެ ކުރިއަށް އޮތީ "އަޝްވަތައްމާ"

Author
ފާތިމަތު ނާވީ
24 މާރޗް 2024 04:47
0

ބޮޑު ބަޖެޓް ގެ ފިލްމް އެއް ކަމުގައިވާ "އަޝްވަތައްމާ" އަށް އެކްޓަރު ޝާހިދު ކަޕޫރު ސޮއި ކޮށްފިއެވެ.

މި ފިލްމް އަކީ ޕްރޮޑިއުސަރު ޖެކީ ބަގްނާނީގެ އާއިލީ ފިލްމު ކުންފުނި، ޕޫޖާ އެންޓަޓައިންމަންޓުން ހަދަން ހަމަޖެހިފައިވާ ފިލްމެކެވެ. "އަޝްވަތައްމާ: ދަ ސާގާ ކޮންޓިނިއުސް" ގެ ޑައިރެކްޓަރަކީ ސަޗިން ރަވީ އެވެ.

ޖެކީ ވަނީ މީގެ ކުޑަދުވަސް ކޮޅެއް ބަތަލާ ރަކުލް ޕްރީތް ސިންގް އާއި ކައިވެނި ކޮށްފައިއެވެ. ވަރަށް ކުލަގަދަ މި ހަފްލާ ގައި ބޮލީވުޑްގެ ގިނަ ތަރިން ބައިވެރިވިއެވެ. ޝާހިދު ވެސް ބައިވެރި ވިއެވެ.

ފިލްމް އިއއުލާން ކުރި ނަމަވެސް މިހާތަނަށް ފިލްމް އާއި ބެހޭގޮތުން މާގިނަ މައުލޫމާތެއް އަދި ހާމައެއް ނުކުރެއެވެ. ޝާހިދު އާއި އެކުގައި ފިލްމް ގެ ކާސްޓުން ފެނިގެންދާނީ ކޮންބައެއް ކަމެއް ވެސް އަދި ނޭނގެއެވެ.

 

View this post on Instagram

 

A post shared by Shahid Kapoor (@shahidkapoor)

ޝާހިދު އެންމެ ފަހުން ފެނިފައި ވަނީ މިދިޔަ މަހު ރިލީޒްކުރި "ތޭރޭ ބާތޯ މޭ އޭސާ އުލްޖާ ޖިއާ" އިންނެވެ. މި ފިލްމް ގައި އޭނާ އާއި އެކުގައި ފެނިގެން ދިއައީ ބަތަލާ ކްރިތީ ސެނޮންއެވެ.

 

 

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.