ކުރިއަށް އޮތް ފިލްމް އަށް ވިކީ ގެ ހަށިނަޑަށް ބޮޑު ބަދަލެއް

ކުރިއަށް އޮތް ފިލްމް އަށް ވިކީ ގެ ހަށިނަޑަށް ބޮޑު ބަދަލެއް

Author
ފާތިމަތު ނާވީ
24 މާރޗް 2024 04:11
0

ބޮލީވުޑްގެ ހުނަރުވެރި އެކްޓަރު ވިކީ ކޯޝާލް އޭނާގެ ކުރިއަށް އޮތް ފިލްމް އަށް ތައްޔާރު ވުމުގެ ގޮތުން ހަށިގަނޑަށް ބޮޑު ބަދަލެއް ގެެނެސްފިއެވެ.

ބަތަލާ ކެޓްރީނާ ކައިފް ގެ ފިރިމީހާ ވަނީ ހަށިގަނޑުގެ މަސްތަށް އިތުރަށް ވަރުގަދަ ކޮށް، ހަށިގަނޑު ވަރަށް ވަރުގަދަ ކޮށްލައިފި އެވެ. އޭނާ ވަނީ މި ބަދަލު ފެންނަ ފޮޓޯއެއް ވެސް ސޯޝަލް މީޑިއާއަށް ދޫކޮށްލައިފައިއެވެ.

އެ ފޮޓޯއިން ފެންނަ ގޮތުގައި ވަކީ ވަނީ ބޮޑީ ބިލްޑްކޮށް އޭނާގެ ހަށިގަނޑަށް ބޮޑު ބަދަލެއް ގެނެސްފަ އެވެ. މިހާރު އޭނާ ފެންނަނީ ބޮޑު ބިޔަ ހަށިގަނޑަކާއި އެކުގައި ވަރަށް ތަފާތު ކޮންނެވެ.

 

View this post on Instagram

 

A post shared by GQ India (@gqindia)

ވިކީ މިހާރު ތައްޔާރުވަމުން އަންނަނީ 15 ވަނަ ގަރުނުގައި އިންޑިއާގެ މަރާޓީ ރަސްދަރިކޮޅުގެ ވެރިއަކަށް ހުންނެވި ޗަތުރަޕަތީ ސަމްބާޖީ މަހަރާޖްގެ ހަޔާތަށް ގެނެސްދޭ ފިލްމަކަށެވެ. "ޗާވާ"ގެ ނަން ދީފައިވާ އެ ފިލްމުގައި ވަކީއާ އެކު ލީޑު ރޯލުން ރަޝްމީކާ މަންދަނާ ވެސް ފެންނާނެ އެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.