ވައިކަރަދޫގައި 4 ދުވަސް ވަންދެން ކަރަންޓު ނެތްކަމަށް ބުނެ އެރަށި ރައްޔިތުން ރޭ މުޒާހިރާ ކޮށްފިއެވެ.
ވައިކަރަދޫގައި މުޒާހިރާ ކުރި މީހުން ބުނެފައިވަނީ އެރަށުގެ ރައްޔިތުން ކަނު އަނދިރީގައި ތިބޭތާ 4 ދުވަސް ވެފައިވާ ކަމަށާއި، ފެނަކައިން އަބަދުވެސް ބުނަމުން ގޮސްފައިވަނީ އިންޖު ލޯޑު ކުރަނީ ކަމަށެވެ. އަދި ރޭ މުޒާހިރާ ކުރި މީހުން ބުނެފައިވަނީ އެމީހުން ގެއަށް ވަންނަނީ އެރަށުގެ ކަރަންޓުގެ މައްސަލައަށް ހައްލެއް އައުމުން ކަމަށެވެ.
އަދި އެގެ ތެރެއިން ބައެއް މީހުން ބުނީ އެމީހުންނަކީ ފާއިތުވި ރިޔާސީ އިންތިޚާބުގައި ރައީސް މުއިއްޒުއަށް ތާއީދުކުރި މީހުންކަމަށެވެ. އެހެންނަމަވެސް 4 ދުވަހު ކަނު އަނދިރީގައި ތިބެންޖެހުމުން މިސަރުކާރާ ދެކޮޅަށް މުޒާހިރާއަށް ނިކުންނަން ޖެހުނީކަމަށްވެސް ބުނެފައި ވެއެވެ.
ރޭ މުޒާހިރާ ކުރިން ބައެއް މީހުން ވަނީ ގައިގައި ސައިބޯނި ހާކައިގެން މުޒާހިރާގައި ބައިވެރިވެފައެވެ. އޭނާ ބުނެފައިވަނީ ކަރަންޓު ދިޔައީ ގައިގައި ސައިބޯނި ލާން ހުއްޓާ ކަމަށާއި، އެނޫން ހައްލެއް ބޭނުންވާ ކަމަށެވެ.
ވައިކަރަދޫގެ ކަރަންޓަށް ދިމާވި މައްސަލައާއި ގުޅޭގޮތުން ފެނަކައިން މިހާތަނަށް އެއްވެސް ބަހެއް ބުނެފައެއް ނުވެއެވެ.