4 ބައި އިލެކްޝަނެއްގެ ޝަކުވާ ހުށަހަޅަން ފުރުސަތު ހުޅުވާލައިފި

4 ބައި އިލެކްޝަނެއްގެ ޝަކުވާ ހުށަހަޅަން ފުރުސަތު ހުޅުވާލައިފި

Author
ހުސައިން
22 މާރޗް 2024 11:36
0

2024 މޭ 4 ވާ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ، ހއ.އުތީމު، ނ.ލަންދޫ، ވ.ފެލިދޫ، ކައުންސިލް މެންބަރު އަދި ރ.އިންނަމާދޫ ކައުންސިލްގެ އަންހެން މެންބަރުއިންތިޚާބުކުރުމަށް ބާއްވާ ބައި-އިލެކްޝަނާއި ގުޅޭގޮތުން ހުށަހެޅޭ ޝަކުވާ / މައްސަލަތައް ބަލައިގަތުމުގެ އިންތިޒާމު ހަމަޖެހިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝް (އީސީ)ނުން ބުނެފިއެވެ.

އިލެކްޝަންސް ކޮމިޝަނުން ބުނެފައިވަނީ، މި އިންތިޚާބުތަކާއި ގުޅިގެން، އެއްވެސް ޝަކުވާއެއް ހުށަހަޅާނަމަ، ހުށަހަޅަންވާނީ އެކަމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައަޅާފައިވާ  "ޝަކުވާ / މައްސަލަ ހުށަހަޅާ ފޯމު" މެދުވެރިކޮށް ކަމަށެވެ. ޝަކުވާ / މައްސަލަ ފޯމު ބަލައިގަތުމަށް ހަމަޖެހިފައިވަނީ އީމެއިލް މެދުވެރިކޮށެވެ. މިގޮތުން ފޯމު އީމެއިލް ކުރައްވާނީ މި ކޮމިޝަނުގެ ރަސްމީ އީމެއިލް އެޑްރެސް ކަމުގައިވާ، [email protected] އަށެވެ.

މި އިންތިޚާބުތަކުގެ ވޯޓުނެގުމަށް ހަމަޖެހިފައިވާ، 2024 މޭ 4 ވާ ހޮނިހިރު ދުވަހު، ޝަކުވާ ބަލައިގަތުމަށް ހަމަޖެހިފައިވަނީ، އެ ދުވަހު ވޯޓުނަގަން ފެށުނީއްސުރެ، ވޯޓުފޮށިތަކުގެ ވަގުތީ ނަތީޖާ އިޢުލާނު ކުރުމާ ހަމައަށް ކަމަށްވެސް އީސީން ބުނެފައި ވެއެވެ.

އެގޮތުން ވޯޓު ނަގާ ދުވަހު، ވޯޓުލާ މަރުކަޒުތަކުގައި ދިމާވާ މައްސަލަތައް ޙައްލުކުރުމަށްޓަކައި ސީދާ ވޯޓު ފޮށީގެ ވެރިޔާއަށް ޝަކުވާ / މައްސަލަ ހުށަހެޅޭނެއެވެ. އަދި  އިލެކްޝަންސް ކޮމިޝަނަށް، "ޝަކުވާ / މައްސަލަ ހުށަހަޅާ ފޯމު" އީމެއިލް މެދުވެރިކޮށްވެސް، ހުށަހެޅޭނެއެވެ.

ޝަކުވާ / މައްސަލަ ހުށަހަޅާ ފޯމު އީސީގެ ވެބްސައިޓް www.elections.gov.mv އިން ލިބޭނޭ ކަމުގައިވެ ބުނެފައި ވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.