މާލޭގައި ހުރި ބޮޑެތި އުޅަނދުތައް ނަގާ ނިމޭއިރު މާލޭގެ ޓްރެފިކަށް ލުއި އަންނާނެ

މާލޭގައި ހުރި ބޮޑެތި އުޅަނދުތައް ނަގާ ނިމޭއިރު މާލޭގެ ޓްރެފިކަށް ލުއި އަންނާނެ

މާލޭގައި ހުރި ބޮޑެތި އުޅަނދުތައް ނަގާ ނިމޭއިރު ޓްރެފިކް ފްލޯއަށް ބޮޑު ލުޔެއް ލިބިގެންދާނެކަމަށް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީގެ މިނިސްޓަރު އަލީ އިހުސާން ވިދާޅުވެއްޖެއެވެ.

މިނިސްޓަރު މިހެން ވިދާޅުވީ، މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް، ހޯމް މިނިސްޓަރ އަލީ އިހުސާނަށް ކުރައްވާ ސުވާލަށް ޖަވާބުދެއްވުމަށް މަޖިލީހަށް ހާޒިރުވެވަޑައިގެން ޖަވާބުދެއްވަމުންނެވެ. އާޒިމް ކުރެއްވި ސުވާލުގައިވަނީ، ޤަވާއިދާ ޚިލާފަށް ޕާކުކުރާ އުޅަނދުތަކުގައި ސްޓިކާ ނުޖަހާ އެމައްސަލަ ހައްލުކުރުމަށް ވަޒީރު ގެންގުޅުއްވަނީ ކޮން ވިސްނުންފުޅެއްތޯ ކަމަށެވެ.

ސުވާލަށް ޖަވާބުދެއްވަމުން އިހުސާން ވިދާޅުވީ، ޤަވާއިދާ ޚިލާފަށް ޕާކުކޮށްފައި ހުންނަ ހަތަރު ފުރޮޅުލީ އުޅަނދުތައް ނެގުމުގެ މަސައްކަތް ކުރަމުން އަންނަކަމަށެވެ. އެ މަސައްކަތް ކުރާތާ ހަފްތާއެއް މިހާރު ވެދާނެކަމަށާއި، މިފަދަ ބޮޑެތި އުޅަނދުތައް ނަގާ ނިމޭއިރުގައި މާލޭގެ ޓްރެފިކް ފްލޯއަށް ބޮޑު ލުޔެއް ލިބިގެންދާނެ ކަމަށެވެ.

މީގެ އިތުރުން މާލޭގައި ހުންނަ ހަނި ގޯޅިތަކުގައި ޕާކޮށްފައި ހުރި ސައިކަލުތަކާއި ކާރުތަކުގެ ސަބަބުން ދިމާވާ ދަތިތަކަށް އަލިއަޅުވާލައްވަމުން އިހުސާން ވިދާޅުވީ، މިފަދަ މައްސަލަތަކަށް ޙައްލެއް ގެނައުމަށްޓަކައި އާއްމުންގެ ހޭލުންތެރިކަން ވަރަށް މުހިއްމު ކަމަށެވެ.

އެހެންނަމަވެސް ހަމަ އަޅުގަނޑުވެސް ގަބޫލުކުރަން، ސައިކަލުތަކާއި ކާރުތައް ބައެއް ފަހަރަށް ދޭތެރެދޭތެރެއިން އައިސްފައި ކުދިކުދި ތަންތަނުގައި ކުދިކުދި ގޯޅިތަކުގައި ޕާކުކޮށްލާފަ އެ ހުންނަ ހުރުން، ޖުމްލަ ހައްލަކަށް އަންނާނީ އޭގެން ދެކަމެއް ހާސިލުވެގެން. އެއްކަމަކީ އަޅުގަނޑުމެންގެ ތެރޭގައި އޭގެ އާދަކާދަ އަށަގަނެގެން ޕާކުކުރުން މަނާ ތަންތަނުގައި ޕާކު ނުކުރަން. ދެވަނަ ކަމަކަށް އަޅުގަނޑު ހަމަ ގަބޫލުކުރަން ސައިކަލުތަކަށްވެސް އަޅުގަނޑުމެން އަޅަންޖެހޭ ގާނޫނީ ފިޔަވަޅު އަޅުގަނޑުމެން އަޅަންޖެހޭނެ. އަޅުގަނޑޫމެންގެ ވިސްނުމަކީ ޕާކިން ސްޓްރަކްޗާތައް އަޅާނިިމި، ޕާކިން ޒޯނުތައް ދެއްކޭ ހިސާބުން ފެށިގެން ކުރީގަވެސް ބޭނުންކުރެވެމުން އައި ހުރިހާ އެންފޯސްމަންޓު ވަސީލަތްތަކެއް ބޭނުންކުރުން، މިކަންކަން ޙައްލުކުރުމަށް

މިނިސްޓަރު އިހުސާން ވިދާޅުވިއެވެ.

މާލޭގެ ޓްރެފިކް ފްލޯ މިހާރު އޮތް ހާލަތާ ގުޅިގެން އާއްމު ރައްޔިތުންގެ ޝަކުވާ ދަނީ ވަރަށް ބޮޑަށް ލިބެމުންނެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *