މާލެ ރައްވެހިންނަށް ގޯތި ދޫކުރަން ހިއްކަމުން އަންނަ ގިރާވަރު ފަޅު --- ފޮޓޯ/ޕްލޭނިން މިނިސްޓްރީ

ގިރާވަރު ފަޅުގެ ބާކީބައި ނުހިއްކި ލަސްވަނީ ކޮންޓްރެކްޓަރއަށް ފައިސާ ނުދެއްކި އޮތުމުން: މުއްތަލިބު

ގިރާވަރު ފަޅުގެ ބާކީބައި ނުހިއްކި ލަސްވަނީ ކޮންޓްރެކްޓަރއަށް ފައިސާ ނުދެއްކި އޮތުމުން: މުއްތަލިބު

ގުޅުންހުރި

ގިރާވަރު ފަޅު ހިއްކުމުގެ މަޝްރޫއަކީ ވަރަށް ޚަރަދު ބޮޑުކޮށް، އަދި އަގު ބޮޑުކޮށް ހަވާލުކޮށްފަ އޮތް މަޝްރޫއެއް ކަމަށާއި، އޭގެ އެއްބައި އަކީ ދައުލަތު ބަޖެޓުން، ކްރޮސް ސަބްސިޑީ މޮލެޓްއިން ޚަރަދު ކުރާގޮތަށް އެވާޑް ކޮށްފަ އޮތް މަޝްރޫއެއް ކަމުގައި އިންފްރާ ސްޓަރަކްޗަރ މިނިސްޓަރ މުއްތަލިބު ވިދާޅުވެއްޖެއެވެ.

އޭނާ މިހެން ވިދާޅުވީ އިންފަރާސްޓްރަކްޗަރ މިނިސްޓްރީން މިހާރު ކުރިޔަށް ގެންދާ މަޝްރޫޢުތަކާއި ގުޅޭގޮތުން މައުލޫމާތު ދެއްވުމަށް މިއަދު ބޭއްވު ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުންނެވެ.

އޭނާ ވިދާޅުވީ އެ މަޝްރޫއު އެވާޑް ކޮށްފައިއޮތީ ކޮންޓްރެކްޓަރ 50 މިލިއަން ހެކްޓަރ ހިއްކީމަ 50 މިލިއަން ޑޮލަރު ސަރުކާރުން ދައްކަން ޖެހޭގޮތަށް ކަމަށެވެ. އެގޮތުން މުއްތަލިބު ވިދާޅުވީ އެ އެއްބަސްވުން ހަދާފަ އޮތީ ކޮންޓްރެކްޓަރ 50 މިލިއަން ހެކްޓަރ ހިއްކުމުން، 50 މިލިއަން ޑޮލަރު ދައުލަތުން ދެއްކުމުން، ކޮންޓްރެކްޓަރ ފައިނޭންސް އުސޫލުން، ލޯނެެއްގެ ތެރެއިން ކޮންޓްރެކްޓަރ އަށް އެފައިސާ ދައްކާ ގޮތަށް ހަދާފަ އޮތް އެރޭންޖެމަންޓަކުން ކަމަށެވެ.

އޭނާ އިތުރަށް ވިދާޅުވީ މި ސަރުކާރު ވެރިކަމާ ހަވާލުވިއިުިވެސް "ތިރީހަކަށް" މިލިއަން ޑޮލަރު ކޮންޓްރެކްޓަރއަށް ނުދީ އޮތް ކަމަށެވެ. އޭނާ ވިދާޅުވީ އެއީ ޑޮލަރުން ހަމަޖައްސަދޭން ޖެހޭ އަދަދެއް ކަމަށާއި، އެއީ ވަރަށް ބޮޑު އަަދަދެއް ކަމުގައެވެ.

އެހެންނަމަވެސް އެ އަދަދު ކޮންޓްރެކްޓަރއަށް ދައްކައިގެން އެ މަޝްރޫޢު ވީހާވެސް އަވަހަކަށް ފެށުމަށް ސަރުކާރުން މަސައްކަތް ކުރަމުންދާކަމުގައި މުއްތަލިބު ވިދާޅުވިއެވެ.

އޭގަ އުޅޭ ދައުލަތުން ދައްކަންޖެހޭ ފައިސާ ދެއްކުމުގެ ދަތިތަކެއް ވާތީ އެބޭފުޅުންނަށް ކުރިޔަށް ގެންދަން ލަސްވުން. 50 މިލިއަން ޑޮލަރު އެބޭފުޅުންނަށް ލިބުނީމަ ދެން ކޮނޓްރެކްޓަރ ފައިނޭންސްގަ ހުރި މަސައްކަތްތައް އެބޭފުޅުން ފަށައިގެން ކުރިޔަށް ގެންދާގޮތަށް. އެބޭފުޅުން ފުރަތަމަ ފޭސްގައި ހިއްކަންޖެގޭ 50 ހެކްޓަރުގެ ބައި ހިއްކާފަ މިހާރު ޑީމާން އެކުރަނީ އެއަށް ބޭނުންވާ ފައިސާ.. ދައުލަތުން ދައްކަންޖެހޭ ފައިސާ އެގްރިމަންޓުގެ ދަށުން އެއްކޮށް ދައްކާ ޚަލާސްކުރަން. އޭރުން ދެން އެބޭފުޅުން ކޮންޓްރެކްޓަރ ފައިނޭސްގެ އުސޫލުން ބާކީބައި ހިއްކުމުގެ މަސައްކަތް ފަށާނެކަމަށް.

މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި މުއްތަލިބު ވިދާޅުވިއެވެ.

ކުރީގެ ސަރުކާރުގެ ބިންވެރިޔާ ސްކީމްގެ ދަށުން ހުޅުމާލެ 2 އާއި ހުޅުމާލެ 3 އާއި ގުޅިފަޅު އަދި ގިރާވަރުފަޅުން ފުރަތަމަ ބުރުގައި 9،001 ގޯތި ދޫކުރުމަށް ނިންމައި، ގޯތި ލިބުނު މީހުންނަށް ރަޖިސްޓްރީ ވެސް ދޫކޮށްފައިވެ އެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ