ކެމްޕޭނު ބޭނާ ހަރުކުރުމުުގެ ކުރިން އެޗްޑީސީގެ ހުއްދަ ހޯދަން އަންގައިފި

ކެމްޕޭނު ބޭނާ ހަރުކުރުމުުގެ ކުރިން އެޗްޑީސީގެ ހުއްދަ ހޯދަން އަންގައިފި

ކެމްޕެއިން ބެނާއާއި ކެންވަސް ފަދަ ތަކެތި ހުޅުމާލޭގެ އެކި ސަރަޙައްދުތަކުގައި ހަރުކުރުމުގެ ކުރިން ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން، އެޗްޑީސީގެ ހުއްދަ ހޯދަން އެކޯރޕަރޭޝަނުން އެދިއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބާ ގުޅިގެން ކެމްޕެއިން ކުރުމަށް ހުޅުމާލޭ ފޭސް އެކެއް އަދި ދޭއްގެ އެކި ސަރަހައްދުތަކުގައި ދަނީ ގިނަ އަދަދެއްގެ ބެނާރ އާއި ކެންވަސް ފަދަ ތަކެތި ހަރުކުރަމުންކަމަށް އެޗްޑީސީން މިރޭ ބުންޏެވެ.

މިގޮތަށް ބެނާރތައް ހަރުކުރަމުންދާއިރު އެ ސަރަހައްދުތަކުގައި އާންމު ޚިދުމަތްތައް ފޯރުކޮށްދިނުމަށް ސާވިސް ޕްރޮވައިޑަރ އިން އަޅާފައިވާ ނެޓްވާކްތަކަށް ގެއްލުން ނުވާނެހެން، އެ މަސައްކަތްތައް ކުރިއަށް ގެންދިއުމަށް އެދެން

އެޗްޑީސީގެ ބަޔާނުގައި ބުނެފައި ވެއެވެ.

އެޗްޑީސީ އިން ބުނީ ޕޯސްޓަރތަކާއި ބެނާތައް ހަރުކުރެވޭ ސަރަޙައްދުގެ ގޮތުން، ކަރަންޓް ކޭބަލްއާއި ފެނާއި ނަރުދަމާގެ ނިޒާމަށް ގެއްލުންތަކެއް ލިބިދާނެ ކަމަށެވެ.

“އެހެންކަމުން، ޚިދުމަތް މެދުކެޑޭނެ ފަދަ ޙާލަތެއް ދިމާވެއްޖެނަމަ، އެކަމުގެ ސަބަބުން އެ ސަރަޙައްދުގައި ދިރިއުޅޭ ރައްޔިތުންނަށް ގިނަ އުނދަގޫތަކަކާއި ކުރިމަތިލާން ޖެހޭނެ,”

މިފަދަ ކަންކަމުން ރައްކާތެރިވުމުގެ ގޮތުން، ޕޯސްޓަރު ހަރުކުރުމުގެ ކުރިން އެޗްޑީސީގެ ލަފަޔާއި އިރުޝާދު ހޯދުމަށް އެ ކޯރޕަރޭޝަނުން ވަނީ އިލްތިމާސްކޮށްފައެވެ.

މީގެ އިތުރުން، ކެމްޕެއިން ކުރާ ހުރިހާ ފަރާތްތަކަށް ވެސް ހަމަހަމަ ކަމާއެކު ކެމްޕެއިން ކުރުމުގެ ފުރުޞަތު ހޯދައިދިނުމަށް އަބަދުވެސް މަސައްކަތް ކުރަމުން އަންނަކަމަށްވެސް އެ ކޯރޕަރޭޝަނުން މިރޭ ބުންޏެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *