އެއަރ އެމްބިއުލާންސް ސީ ޕްލޭނުން ފުރަތަމަ ފަހަރަށް ބަލި މީހަކު އުފުލައިފި

އެއަރ އެމްބިއުލާންސް ސީ ޕްލޭނުން ފުރަތަމަ ފަހަރަށް ބަލި މީހަކު އުފުލައިފި

މިއަދު ފުރަތަމަ ފަހަރަށް އެއަރ އެމްބިއުލާންސް ސީ ޕްލޭނުން މީހަކު އުފުލައިފިއެވެ.

މޯލްޑީވިއަން ކުރި އެކްސް ޕޯސްޓެއްގައި ބުނެފައިވަނީ މިއަދަކީ ފުރަތަމަ ސީޕްލޭން އެއާ އެމްބިއުލާންސް މިޝަންގެ ނިމުން ފާހަގަކޮށް، އަވަސް އަދި ހަރުދަނާ އިމަޖެންސީ މެޑިކަލް ރެސްޕޮންސަށް މަގު ފަހިކޮށްދޭ ދުވަހެއް ކަމުގައެވެ.

ސަރުކާރުގެ ރަސްމީ ވައުދުގެ ދަށުން ޑޭޝް8-200 މަރުކާގެ މަތިންދާ ބޯޓެއް ބޭނުންކޮގެން 1 މާޗް 2024 ގައި ފެށި އެއަރ އެމްބިއުލާންސްގެ ހިދުމަތުގައި މޯލްޑިވިއަންއިން ސީ ޕްލޭންގެ ބޭނުން ކުރަން ފެށި މިމަހުގެ 15 ވަނަ ދުވަހުއެވެ.

ރާއްޖޭގެ ޤައުމީ އެއަރލައިން، މޯލްޑިވިއަންއިން، އިމަރޖެންސީ މެޑިކަލް ޚިދުމަތްތައް އިތުރަށް ހަރުދަނާކުރުމަށްޓަކައި، އަޅުގަނޑުމެންގެ އެއަރ އެމްބިއުލާންސް ފްލީޓަށް ސީޕްލޭން މަތިންދާބޯޓެއް އިތުރުކުރިކަން އިޢުލާނުކުރުމަކީ ފަޚުރުވެރިވާ ކަމެއް.

މޯލްޑިވިއަންއިން ބުނެފައި ވެއެވެ.

މޯލްޑީވިއަންއިން ބުނެފައިވަނީ މި ޚިދުމަތް ފަށާފައިވަނީ، މިނިސްޓްރީ އޮފް ހެލްތް، އެންސްޕާ، އާސަންދަ ލިމިޓެޑް އަދި މިނިސްޓްރީ އޮފް ޓްރާންސްޕޯޓު އެންޑް ސިވިލްއޭވިއޭޝަންގެ އެހީތެރިކަމާއެކު ކަމަށެވެ.

މޯލްޑިވިއަންއިން ބުނެފައިވަނީ، ގުޅިގެން ކުރިއަށްގެންދާ ފަސޭހައިން ބޭނުން ކުރެވޭގޮތަށް ފަރުމާކޮށްފައިވާ ޑީއެޗްސީ-6 ޓްވިން އޮޓާ އަކީ މިހާރު އެއާ އެމްބިއުލާންސްގެ ފްލީޓަށް އިތުރު ކުރެވިފައިވާ ވަރަށް މުހިންމު ބޯޓެއްކަމުގައެވެ.

އަދި މި ސީޕްލޭންގެ ސަބަބުން ސީދާ ރަށްރަށަށް ދަތުރުކުރުމުގެ ޤާބިލުކަން ލިބިފައިވާއިރު، ބޭނުންވާ މެޑިކަލް އިކުއިޕްމަންޓްތައް ޤާއިމްކުރެވި، އިމަރޖެންސީ މެޑިކަލް ކޭސްތަކަށް ވަގުތުން އެއަރ ޓްރާންސްފަރ ކުރުމުގެ ޤާބިލުކަން އެކުންފުނީގައި އިތުރުވެގެން ގޮސްފައިވާކަމަށް މޯލްޑީވިއަންއިން ބުނެފައި ވެއެވެ.

އަދި މިޚިދުމަތަކީ، މުޖުތަމަޢުތަކުގެ ދުޅަހެޔޮކަމަށް އިސްކަންދިނުމަށް ޓަކައި މިހާރު ކުރަމުން ގެންދާ މަސައްކަތާ ގުޅިފައިވާ ޚިދުމަތެއްކަމަށްވެސް މޯލްޑިވިއަންއިން ބުނެފައި ވެއެވެ.

މޯލްޑިވިއަންއިން ބުނެފައިވަނީ އެކުންފުނި ދެމި އޮންނާނީ ވަގުތުން މެޑިކަލް ޓްރާންސްޕޯޓްގެ ހިދުމަތް ފޯރުކޮށްދިނުމަށް އަބަދުވެސް ތައްޔާރަށް ކަމުގައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *