އިންޑިއާގެ އާންމު އިންތިޚާބުގެ ވޯޓުލުން ފެށިއްޖެ، 44 ދުވަހަށް ވޯޓުލުން ކުރިޔަށް ދާނެ

އިންޑިއާގެ އާންމު އިންތިޚާބުގެ ވޯޓުލުން ފެށިއްޖެ، 44 ދުވަހަށް ވޯޓުލުން ކުރިޔަށް ދާނެ

Author
ހުސެއިން
19 މާރޗް 2024 06:45
0

އޭޕްރީލް މަހުގެ 19 ވަނަ ދުވަހުން ފެށިގެން ޖޫން މަހުގެ އެއްވަނަ ދުވަހުގެ ނިޔަލަށް އިންޑިއާގެ ގާތްގަނޑަކަށް 970 މިލިއަން މީހުން ނުވަތަ ދުނިޔޭގެ އާބާދީގެ 10 އިންސައްތައަށްވުރެ ގިނަ މީހުންނަށް އާންމު އެގައުމުގެ އިންތިޚާބުތަކުގައި ވޯޓުލުމުގެ ހައްގު ލިބިގެންވެއެވެ.

މި ބޮޑު އިންތިޚާބީ ހަރަކާތަކީ ދުނިޔޭގައި ބޭއްވޭ އެންމެ ބޮޑު އިންތިޚާބީ ހަރަކާތް ކަމަށްވާއިރު، މި އިންތިޚާބުގެ ނަތީޖާ އިއުލާން ކުރެވިގެންދާނީ ވޯޓުލާން ފަށާތާ 44 ދުވަސް ފަހުން، ޖޫން މަހުގެ ހަތަރު ވަނަ ދުވަހުއެވެ.

މިއީ އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ޖެހިޖެހިގެން ތިން ވަނަ ދައުރަކަށް ވާދަކުރައްވާ ފަހަރެވެ. މޯޑީ ވާދަކުރައްވާނީ އޭނާއާއި ވާދަވެރި އިދިކޮޅު ޕާޓީތަކުގެ ފުޅާ ނަމަވެސް ބައިބައި ވެފައިވާ އިއްތިހާދާ ދެކޮޅަށެވެ. ގިނަ ސާވޭތަކުން ލަފާކުރާ ގޮތުގައި މޯދީގެ ހިންދޫ ނޭޝަނަލިސްޓް ބާރަތިޔާ ޖަނަތާ ޕާޓީ އަށް ފަސޭހަކަމާއެކު މި އިންތިޚާބުގައި ކާމިޔާބު ލިބިގެންދާނެ އެވެ.

މިއިންތިޚާބަކީ ދުނިޔޭގެ އެންމެ އާބާދީ ބޮޑު ގައުމު ކަމަށްވާ އިންޑިޔާގެ ބޮޑުމިނާއި ރަޖިސްޓްރީކޮށްފައިވާ ކޮންމެ މީހަކަށްވެސް ވޯޓުލުމުގެ ފުރުސަތު ފަހިކޮށްދިނުމަށް ބޭނުންވާ ހައިރާންކުރުވަނިވި ފެންވަރުގެ ލޮޖިސްޓިކްސް ވަރަށް ރަގަޅަށް ތަމްސީލުކޮށްދޭ އިންތިޚާބެކެވެ. އެހެންނަމަވެސް ފާއިތުވި އަހަރުތަކުގައި އިންޑިއާގެ އާންމު އިންތިޚާބުގައި ވޯޓުލުމުގެ މުއްދަތު ވަނީ ވަރަށް ބޮޑަށް ކުރުވެގެން ގޮސްފަ އެވެ.

އިނގިރޭސީންގެ އަތްދަށުން މިނިވަންކަން ލިބުމަށްފަހު، 1951-1952 ވަނަ އަހަރު އިންޑިޔާގައި ބޭއްވި ފުރަތަމަ އިންތިޚާބުގެ ވޯޓު ފުރިހަމަކުރުމަށް ގާތްގަނޑަކަށް ހަތަރު މަސް ދުވަސް ހޭދަވިއިރު، 1980 ވަނަ އަހަރު ނެގީ އެންމެ ހަތަރު ދުވަހެވެ.

2019 ވަނަ އަހަރު ވޯޓުލާން 39 ދުވަސް ހޭދަވިއިރު، މިފަހަރުގެ އިންތިޚާބަކީ ދެވަނައަށް އެންމެ މުއްދަތު ދިގު އިންތިޚާބެވެ.

މި އިންތިޚާބުގައި ވޯޓުލާން 969 މިލިއަން މީހުން ރަޖިސްޓްރީކޮށްފައިވާ އިރު، ޔޫރަޕިއަން ޔޫނިއަންގެ ގުޅިފައިވާ އާބާދީއަށް ވުރެ އިންޑިއާގެ ވޯޓުލާ މީހުންގެ އާބާދީ ބޮޑުއެވެ.

މިއިންތިޚާބުގައި އިންޑިއާގެ ރައްޔިތުންގެ މަޖިލީހުގެ ތިރިގެއަށް 543 މެމްބަރުން ހޮވުމަށް ނަގާ ވޯޓަކީ ހަތް ފިޔަވައްސަކަށް ބަހާލައިގެން ނަގާ ވޯޓެކެވެ. އިންޑިއާގެ 28 ސްޓޭޓަކާއި އަށް ފެޑެރަލް ޓެރިޓަރީގައި އެކި ވަގުތުތަކުގައި ވޯޓުލާނެ އެވެ. ކޮންމެ ފިޔަވައްސަކީ އެއް ދުވަސް ކަމަށާއި ފުރަތަމަ ފިޔަވަހި އޭޕްރީލް މަހުގެ 19 ވަނަ ދުވަހު އަދި އެންމެ ފަހު މަރުހަލާ ޖޫން މަހުގެ އެއްވަނަ ދުވަހު ބޭއްވިގެން ދާނެއެވެ.

ބައެއް ސްޓޭޓްތަކުގައި ދުވާލު ވޯޓުލާއިރު، އެހެން ސްޓޭޓްތަކުގައި ވޯޓުލާން އެއަށްވުރެ ގިނަވަގުތުވެސް ނަގާފާނެ އެވެ.

އެގޮތުން މިސާލަކަށް، ބްރެޒިލްގެ ބޮޑުމިނުގައި 200 މިލިއަން މީހުން ދިރިއުޅޭ އެންމެ ބޮޑު ސްޓޭޓް ކަމަށްވާ އުއްތަރަ ޕްރަދޭޝްގައި ހަފްތާގެ ހަތް ދުވަހު ވެސް ވޯޓުލާނެ އެވެ. ވޯޓްލުން ބަލަހައްޓާ އިންޑިއާގެ އިލެކްޝަންސް ކޮމިޝަނުން ވޯޓުލާން ޖެހޭ ކޮންމެ މީހަކަށް 2 ކިލޯމީޓަރު (1.2 މޭލު) ދެވޭ ހިސާބުގައި ވޯޓިން ބޫތެއް ބަހައްޓާކަން ޔަގީން ކުރަން ޖެހެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.