މިއަދު އިދިކޮޅުގައި ޕީޕީއެމް އޮތުމަކީ ރައްޔިތުންގެ ނަސީބު: މ.އިސްމާއިލް

މިއަދު އިދިކޮޅުގައި ޕީޕީއެމް އޮތުމަކީ ރައްޔިތުންގެ ނަސީބު: މ.އިސްމާއިލް

Author
މުޙައްމަދު ޝަޒައިމް
18 ޑިސެމްބަރ 2020 11:49
0

މިއަދު ރާއްޖޭގެ އިދިކޮޅު ޒިންމާދާރު ޕާޓީއެއްގެ ގޮތުގައި ޕީޕީއެމް އޮތުމަކީ ދިވެހި ރައްޔިތުންގެ ނަސީބު ކަމުގައި ރައްޔިތުންގެ މަޖިލީހުގެ ހޯރަފުށީ ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު އިސްމާއިލް ވިދާޅުވެއްޖެއެވެ.

ކޯވިޑް-19 އާއި ގުޅިގެން ރާއްޖޭގެ އިޤްތިޞާދީ މައިލޭނާރު ފަތުވެރިކަން ހުއްޓުމަކަށް އައިސް، ރާއްޖޭގެ އިޤްތިޞާދު ހުއްޓިފައި އޮތުމުން އަރައިގަނެ މިއަދު ފަތުރުވެރިކަން އަލުން އިޔާދަވަމުންދާތީ އެކަމަށް އިޝާރާތްކޮށް މުހައްމަދު އިސްމާއިލް ވިދާޅުވީީ މިއަދު އެމްޑީޕީ އިދިކޮޅު ޕާޓީއެއްގެ ގޮތުގައި ނެތުމަކީ ރައްޔިތުންނަށް ލިބުނު ނަސީބެއްކަމަށެވެ. އެމްޑީޕީއަކީ ރާއްޖޭގެ ފަތުރުވެރިކަން ބޮއިކޮޓްކޮށް، ރާއްޖެއަށް ފަތުރުވެރިކަން ނައުމަށް ގޮވާލައި ދިވެހި ރައްޔިތުންނަށް އެތަކެއް ގެއްލުންތަކެއް މީގެ ކުރިންވެސް ދީފައިވާ ބަޔަކަށްވާއިރު، މިއަދު އެޕާޓީ ރާއްޖޭގެ އިދިކޮޅު ޕާޓީއެއްގެ ގޮތުގައި ނެތުމަކީ ރައްޔިތުންނަށް ލިބުނު ނަސީބެއް ކަމަށް މުހައްމަދު އިސްމާއިލް ވިދާޅުވިއެވެ.

މިއަހަރުގެ މިހާތަނަށް ރާއްޖެއަށް 5 ލައްކައަށް ވުރެ ގިނަ ފަތުރުވެރިން އައުމުގެ އެންމެ މުހިންމު ދައުރެއް އަދާކޮށްފައިވަނީ އިދިކޮޅު ޕާޓީން ޒިންމާދާރު ކަމާއިއެކު ކުރި މަސައްކަތް ކަމުގައި އޭނާ ވިދާޅުވިއެވެ. ޕީޕީއެމްއާއި ޕީޕީއެމްގެ ފިކުރަކީ ރާއްޖޭގެ ތަރައްޤީއާއި ރައްޔިތުންގެ ކުރިއެރުމަށް އަބަދުވެސް މަސައްކަތް ކުރާ ފިކުރަކަށްވާއިރު، ރައްޔިތުންނަށް ގެއްގުންވާ އެއްވެސް ކަމެއްގައި ޕީޕީއެމްގެ ބައިވެރިވުމެއް ނޯންނާނެކަން މިއަދު ވަރަށް ރަނގަޅަށް ހާމަވެގެންދާކަމަށް މުހައްމަދު ވިދާޅުވިއެވެ.

ރާއްޖޭގެ ޓުވަރިޒަމް ބޮއިކޮޓް ކުރުމަށް އެމްޑީޕީގެ އިސްބޭފުޅުން 2012ގައި ވަރަށް ފާޅުކަން ބޮޑު ގޮތަކަށް ވަނީ މަސައްކަތް ކޮށްފައެވެ. އެގޮތުން ޓޫރިސްޓުން ރާއްޖެ ބޮއިކޮޓް ކުރުމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު 1 ޖުލައި 2012 ގައި ފައިނޭޝިއަލް ޓައިމްސް އަށް ދެއްވި އިންޓަވިއުއްގައި ވަނީ ގޮވާލައްވާފައެވެ. އަދި 2012 ވަނަ އަހަރު ވެގެން ގޮސްފައި ވަނީ ފަތުރުވެރިކަމުގެ ސިނާއަތް ބޮއިކޮޓް ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރެވުނު އަހަރަކަށެވެ. ދެހާސް ތޭރަ ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގެ ދެ ވަނަ ބުރު ވޯޓްލުން ފަސްކުރުމާ ގުޅިގެން އެމްޑީޕީގެ ރިއާސީ ކެންޑިޑޭޓް މުހައްމަދު ނަޝީދު ގޮވައިލެއްވީ، ޓޫރިޒަމް ދާއިރާގެ ހުރިހާ މުވައްޒަފުން މަސައްކަތް ހުއްޓާލައި ހަޅުތާލު ކުރުމަށެވެ.

އަދި 2015 ވަނަ އަހަރު ކުރެވުނު ރައީސް ނަޝީދުގެ ޝަރިއަތާ ގުޅިގެންވެސް ޓްވަރިޒަމް ބޮއިކޮޓްގެ ވާހަކަތައް ދައިކައި ބޭރުގެ ބައެއް ފަރާތްތަކާއި ގުޅިގެން ރާއްޖެއަށް ފަތުރުވެރިކަން ނައުމަށް ވަނީ ގޮވައި ދުނިޔޭގެ މީޑިޔާގެ ސަމާލުކަމަށް ގެނެސްފައެވެ. އެގޮތުން ބޭރުގެ މަދު ބަޔަކާއި ރާއްޖޭގެ ވެސް މަދު ބަޔަކު ސޯޝަލް މީޑިއާގައި ރާއްޖެއަށް ފަތުރުވެރިން ނައުމަށް ގޮވާލުމުންދިޔައިރު، ވާޖިން ގުރޫޕްގެ ބާނީ ރިޗާޑް ބްރޭންސަން އޭރުބުނެފައި ވަނީ ރާއްޖޭގެ ޑިމޮކްރަސީ އިއާދަވަންދެން ރާއްޖެ ބޮއިކޮޓް ކުރުނަޖެހޭކަމަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.