ކަންކަން އެހެން ފަރާތްތަކަށް ދޫކޮށްލައިގެން ތިބުމަކީ އެހީދޭ ފަރާތްތަކަށްވެސް ތަކުލީފަކަށް ވާނޭ ކަމެއް: ގާސިމް

ކަންކަން އެހެން ފަރާތްތަކަށް ދޫކޮށްލައިގެން ތިބުމަކީ އެހީދޭ ފަރާތްތަކަށްވެސް ތަކުލީފަކަށް ވާނޭ ކަމެއް: ގާސިމް

Author
ހުސެއިން
17 މާރޗް 2024 10:41
0

ގާސިމް ވިދާޅުވީ އެކުވެރި ޤައުމުތަކަށް އަބަދުމެ ކޮންމެ ކަމެއްގައި ބަރޯސާވެ ތިބުމުގެ ބަދަލުގައި، ޤައުމެއްގެ ހައިސިއްޔަތުން އަމިއްލައަށް ކުރަންޖެހޭ މިބާވަތުގެ ކަންކަން ކުރުމަށް އެހެން ފަރާތްތަކަށް ދޫކޮށްލައިގެން ތިބުމަކީ އެފަދަ އެހީދޭ ފަރާތްތަކަށްވެސް ތަކުލީފަކަށް ވާނޭ ކަމެއް ކަމެއް ކަމުގައި ޖުމުހޫރީ ޕާޓީގެ ލީދަރު ގާސިމް އިބުރާހިމް ވިދާޅުވެއްޖެއެވެ.

ގާސިމް މިހެން ވިދާޅުވީ އެމް.އެން.ޑީ.އެފް އެއާ ކޮޕްސް އިފްތިތާހު ކުރުމުގެ އުފަލުގައި ރައީސް މުއިއްޒުއަށް ސަނާ ދެންނެވުމަށް ކުރެއްވި އެކްސް ޕޯސްޓެއްގައެވެ.

އެކްސް ޕޯސްޓުގައި ގާސިމް ވަނީ އެމް.އެން.ޑީ.އެފް އެއާ ކޮޕްސް" ގެ ނަމުގައި ދިވެހިރާއްޖޭގައި ފުރަތަމަ ފަހަރަށް ވައިގެ ސިފައިންގެ ހިދުމަތް ( އެއަރފޯސް ގެ ޚިދުމަތް) ތައާރަފު ކޮށްދެއްވާ، ރާއްޖޭގައި ޒަމާނީ އަޝްކަރީ ޑްރޯން އޮޕަރޭޓް ކުރުން، އިފްތިތާޙް ކޮށްދެއްވީތީ ރައީސުލް ޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒުއަށް މަރުޙަބާ އާއި ތަޙްނިޔާ އަރިސްކޮށް ޝުކުރު ދަންނަވާފައެވެ.

ގާސިމް ކުރެއްވި އެސްކް ޕޯސްޓެއްގައި ވިދާޅުވީ ދިވެހި ރާއްޖޭގެ ކަނޑުގެ ސަރަޙައްދު ބެލެހެއްޓުން އެއީ ދިވެހި ޤައުމުގެ މިނިވަންކަމާއި، އިސްތިޤްލާލް އަދި ދިވެހި ޤައުމުގެ މަސްވެރިކަމަށްޓަކައި، ދިވެހީން މާކުރީންވެސް އަމިއްލައަށް ކުރަން ޖެހިފައިވާ ކަމެއް ކަމުގައެވެ.

މިމުހިންމު ބޮޑު މަސްއޫލިއްޔަތު ޢިއްޒަތްތެރި ރައީސް ގެ ސަރުކާރުގައި ލަސްނުކޮށް ފެއްޓެވި ކަމީ ނުހަނު ތާރީޚީ އަދި އެހާމެ ފަޚުރުވެރި ނިންމެވުމެއްކަން ކަށަވަރެވެ. މިއީ ރާއްޖެ ދެމިއޮތްހާ ދުވަހަކު މެދު ނުކެނޑި ކުރިއަށް ގެންދަން ޖެހޭނޭ މުހިންމު ޚިދުމަތެއް ކަމަށް އަޅުގަނޑު ދެކެމެވެ. ދިވެހި މަސްވެރިކަމުގެ އުޅަނދުތަކާއި، ދިވެހިރާއްޖޭގެ ކަނޑުދަތުރުތަކަށް ، އަމާން، ފަހި ދުވަސްތަކެއް ހޯއްދަވައިދެއްވުމަށް ރާއްޖޭގެ އެންމެ ފުރަތަމަ ވައިގެ ސިފައިންގެ ތެރެއަށް އަސްކަރީ ޑްރޯން ނުވަތަ "އަންމޭޑް އޭރިއަލް ކޮމްބެޓް ވެހިކަލް (ޔޫއޭވީ) ތަޢާރުފު ކޮށްދެއްވުމަކީ ހަމަ ކޮންމެ ދިވެހިރައްޔިތަކު ޝުކުރުވެރިކަމާއެކު ބަލައިގަންނަށް ޖެހޭ ކަމެކެވެ. މިއީ ޔަޤީނުންވެސް ދިވެހިޤައުމު ތާއަބަދު ފަޚުރުވެރިވާނޭ ޚިދުމަތެކެވެ.

ގާސިމްގެ އެކްސް ޕޯސްޓުގައި ވިދާޅުވެފައި ވެއެވެ.

ގާސިމް ވިދާޅުވީ އެކުވެރި ޤައުމުތަކަށް އަބަދުމެ ކޮންމެ ކަމެއްގައި ބަރޯސާވެ ތިބުމުގެ ބަދަލުގައި، ޤައުމެއްގެ ހައިސިއްޔަތުން އަމިއްލައަށް ކުރަންޖެހޭ މިބާވަތުގެ ކަންކަން ކުރުމަށް އެހެން ފަރާތްތަކަށް ދޫކޮށްލައިގެން ތިބުމަކީ އެފަދަ އެހީދޭ ފަރާތްތަކަށްވެސް ތަކުލީފަކަށް ވާނޭ ކަމެއް ކަމަށެވެ.

އެހެން ކަމުން، ޤައުމުގެ ފުދުންތެރިކަން އިތުރުވަމުންދާ މިންވަރަކުން ޤައުމުގެ ދިފާޢަށްޓަކައި ފަސްނުޖެހި، ހަލުވި ފިޔަވަޅުތައް އަޅާ، ޤައުމާއި ގެން ކުރިއަށް ދިއުމަށް ރައީސް މުއިއްޒު ދެއްކެވި މަތިވެރި ލާމަސީލު މިސާލަށް އަމިއްލަ ނަމުގައާއި، އަޅުގަނޑުގެ ޕާޓީގެ ނަމުގައި އައްސަރިބަހާ ސާބަސް އަރިސް ކުރާކަމަށް ގާސިމް ވިދާޅުވިއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.