"ޑޮން 3″ ގައި ޖާންވީ ގެ ހާއްސަ ލަވައެއް

"ޑޮން 3″ ގައި ޖާންވީ ގެ ހާއްސަ ލަވައެއް

Author
ފާތިމަތު ނާވީ
16 މާރޗް 2024 09:36
0

ކާމިޔާބު ފްރެންޗައިޒް ފިލްމް "ޑޮން" ގެ ތިންވަނަ ފިލްމް ކަމުގައިވާ "ޑޮން3″ ގައި އަރަމުން އަންނަ ޒުވާން ބަތަލާ ޖާންވީ ކަޕޫރު ގެ ހާއްސަ ލަވައެއ ހިމެނޭ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

މީޑިއާތަކުން ބުނީ މިއީ ޝާހްރުކް ޚާނާއި ޕްރިޔަންކާ ޗޯޕްޅާއާ އެކީ ފަރުހާން 2006 ގައި ގެނެސްދިން "ޑޮން" ގައި ކަރީނާ ކަޕޫރް ހާއްސަ ފެނިލުމެއްގެ ގޮތުގައި ކުޅުނު "ޔޭ މެރަ ދިލް ޕިޔާރު ކާ ދީވާނާ" ސްޓައިލްގެ ލަވައެއް ކަމަށެވެ.

މި ފިލްމް އިން އޭނާގެ "އައިޓަމް ސޯންގ" އެއް ފެނިއްޖެ ނަމަ މި ލަވަ ވެގެން ދާނީ އޭނާ މި ފަދަ ލަވައަކުން ފެންނަ ފުރަތަމަ ފަހަރަށެވެ. ފާހަގަ ކޮށްލެވޭ ކަމަމީ ޖާންވީގެ މަންމަ ޝްރީ ދޭވީ އަކީ ވެސް "އައިޓަން ސޯންގ" ތަކުން ފެނުން ބަތަލާއެއް ކަމެވެ.

 

View this post on Instagram

 

A post shared by Janhvi Kapoor (@janhvikapoor)

"ޑޮން 3″ ގެ ހާއްސަ ލަވައަކުން ޖާންވީ ފެންނާނެކަމުގެ ވާހަކަތަކެއް ދެކެވެމުން އަންނަ އިރު، މި ފިލްމުގެ ބަތަލު ރަންވީރު ސިންގްއާ އެކީ ޖާންވީ ކުރިން ވެސް ލަވައެއްގައި ހިއްސާވެފައިވެ އެވެ. މި ފިލްމްގެ ލީޑުން ފެނިގެން ދާނީ ބަތަލާ ކިއާރާ އަދުވާނީއެވެ.

 

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.