އެއާ އެމްބިއުލާންސް އިން މިހާތަނަށް ރާއްޖޭގެ އެކި ކަންކޮޅުތަކަށް 25 އަށް ވުރެ ގިނަ މެޑިކަލް ފްލައިޓް ފުރިހަމަކޮށްފި

އެއާ އެމްބިއުލާންސް އިން މިހާތަނަށް ރާއްޖޭގެ އެކި ކަންކޮޅުތަކަށް 25 އަށް ވުރެ ގިނަ މެޑިކަލް ފްލައިޓް ފުރިހަމަކޮށްފި

Author
ހުސެއިން
15 މާރޗް 2024 09:46
0

އެއާ އެމްބިއުލާންސް އިން މިހާތަނަށް ރާއްޖޭގެ އެކި ކަންކޮޅުތަކަށް 25 އަށް ވުރެ ގިނަ މެޑިކަލް ފްލައިޓް ފުރިހަމަކޮށްފައިވާކަމަށް މޯލްޑިވިއަންއިން ބުނެފިއެވެ.

މޯލްޑިވިއަންއިން މިކަން ހާމަކޮށްފައިވަނީ، ސަރުކާރުގެ ރަސްމީ ވައުދުގެ ދަށުން ޑޭޝް8-200 މަރުކާގެ މަތިންދާ ބޯޓެއް ބޭނުންކޮގެން 1 މާޗް 2024 ގައި ފެށި އެއަރ އެމްބިއުލާންސްގެ ހިދުމަތުގައި މިއަދު މޯލްޑިވިއަންއިން ސީ ޕްލޭންގެ ބޭނުން ކުރަން ފެއްޓިކަން ހާމަކޮށް ނެރުނު ބަޔާނެއްގައެވެ.

މޯލްޑިވިއަންއިން މިއަދު ނެރުނު ބަޔާނުގައި ބުނެފައިވަނީ، މިހާތަނަށް އެއާ އެމްބިއުލާންސް އިން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި 25 އަށް ވުރެ ގިނަ މެޑިކަލް ފްލައިޓް ފުރިހަމަކޮށްފައިވާ ކަމުގައެވެ.

ރާއްޖޭގެ ޤައުމީ އެއަރލައިން، މޯލްޑިވިއަންއިން، އިމަރޖެންސީ މެޑިކަލް ޚިދުމަތްތައް އިތުރަށް ހަރުދަނާކުރުމަށްޓަކައި، އަޅުގަނޑުމެންގެ އެއަރ އެމްބިއުލާންސް ފްލީޓަށް ސީޕްލޭން މަތިންދާބޯޓެއް އިތުރުކުރިކަން އިޢުލާނުކުރުމަކީ ފަޚުރުވެރިވާ ކަމެއް.

މޯލްޑިވިއަންގެ ނޫސްބަޔާނުގައި ބުނެފައި ވެއެވެ.

މޯލްޑީވިއަންއިން ބުނެފައިވަނީ މި ޚިދުމަތް ފަށާފައިވަނީ، މިނިސްޓްރީ އޮފް ހެލްތް، އެންސްޕާ، އާސަންދަ ލިމިޓެޑް އަދި މިނިސްޓްރީ އޮފް ޓްރާންސްޕޯޓު އެންޑް ސިވިލްއޭވިއޭޝަންގެ އެހީތެރިކަމާއެކު ކަމަށެވެ.

މޯލްޑިވިއަންއިން ބުނެފައިވަނީ، ގުޅިގެން ކުރިއަށްގެންދާ ފަސޭހައިން ބޭނުން ކުރެވޭގޮތަށް ފަރުމާކޮށްފައިވާ ޑީއެޗްސީ-6 ޓްވިން އޮޓާ އަކީ މިހާރު އެއާ އެމްބިއުލާންސްގެ ފްލީޓަށް އިތުރު ކުރެވިފައިވާ ވަރަށް މުހިންމު ބޯޓެއްކަމުގައެވެ.

އަދި މި ސީޕްލޭންގެ ސަބަބުން ސީދާ ރަށްރަށަށް ދަތުރުކުރުމުގެ ޤާބިލުކަން ލިބިފައިވާއިރު، ބޭނުންވާ މެޑިކަލް އިކުއިޕްމަންޓްތައް ޤާއިމްކުރެވި، އިމަރޖެންސީ މެޑިކަލް ކޭސްތަކަށް ވަގުތުން އެއަރ ޓްރާންސްފަރ ކުރުމުގެ ޤާބިލުކަން އެކުންފުނީގައި އިތުރުވެގެން ގޮސްފައިވާކަމަށް މޯލްޑީވިއަންއިން ބުނެފައި ވެއެވެ.

އަދި މި ޚިދުމަތަކީ، މުޖުތަމަޢުތަކުގެ ދުޅަހެޔޮކަމަށް އިސްކަންދިނުމަށް ޓަކައި މިހާރު ކުރަމުން ގެންދާ މަސައްކަތާ ގުޅިފައިވާ ޚިދުމަތެއްކަމަށްވެސް މޯލްޑިވިއަންއިން ބުނެފައި ވެއެވެ.

މޯލްޑިވިއަންއިން ބުނެފައިވަނީ އެކުންފުނި ދެމި އޮންނާނީ ވަގުތުން މެޑިކަލް ޓްރާންސްޕޯޓްގެ ހިދުމަތް ފޯރުކޮށްދިނުމަށް އަބަދުވެސް ތައްޔާރަށް ކަމުގައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.