އެއާ އެމްބިއުލާންސްގެ ސީޕްލޭން ޚިދުމަތް ފަށައިފި

އެއާ އެމްބިއުލާންސްގެ ސީޕްލޭން ޚިދުމަތް ފަށައިފި

Author
ހުސެއިން
15 މާރޗް 2024 09:41
0

ސަރުކާރުގެ ރަސްމީ ވައުދުގެ ދަށުން ޑޭޝް8-200 މަރުކާގެ މަތިންދާ ބޯޓެއް ބޭނުންކޮގެން 1 މާޗް 2024 ގައި ފެށި އެއަރ އެމްބިއުލާންސްގެ ހިދުމަތުގައި މިއަދު މީލްޑިވިއަންއިން ސީ ޕްލޭންގެ ބޭނުން ކުރަން ފައްޓައިފިއެވެ.

މޯލްޑިވިއަންއިން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ބުނެފައިވަނީ، މިހާތަނަށް އެއާ އެމްބިއުލާންސް އިން ވަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި 25 އަށް ވުރެ ގިނަ މެޑިކަލް ފްލައިޓް ފުރިހަމަކޮށްފައި ކަމުގައެވެ.

ރާއްޖޭގެ ޤައުމީ އެއަރލައިން، މޯލްޑިވިއަންއިން، އިމަރޖެންސީ މެޑިކަލް ޚިދުމަތްތައް އިތުރަށް ހަރުދަނާކުރުމަށްޓަކައި، އަޅުގަނޑުމެންގެ އެއަރ އެމްބިއުލާންސް ފްލީޓަށް ސީޕްލޭން މަތިންދާބޯޓެއް އިތުރުކުރިކަން އިޢުލާނުކުރުމަކީ ފަޚުރުވެރިވާ ކަމެއް.

މޯލްޑިވިއަންގެ ނޫސްބަޔާނުގައި ބުނެފައި ވެއެވެ.

މޯލްޑީވިއަންއިން ބުނެފައިވަނީ މި ޚިދުމަތް ފަށާފައިވަނީ، މިނިސްޓްރީ އޮފް ހެލްތް، އެންސްޕާ، އާސަންދަ ލިމިޓެޑް އަދި މިނިސްޓްރީ އޮފް ޓްރާންސްޕޯޓު އެންޑް ސިވިލްއޭވިއޭޝަންގެ އެހީތެރިކަމާއެކު ކަމަށެވެ.

މޯލްޑިވިއަންއިން ބުނެފައިވަނީ، ގުޅިގެން ކުރިއަށްގެންދާ ފަސޭހައިން ބޭނުން ކުރެވޭގޮތަށް ފަރުމާކޮށްފައިވާ ޑީއެޗްސީ-6 ޓްވިން އޮޓާ އަކީ މިހާރު އެއާ އެމްބިއުލާންސްގެ ފްލީޓަށް އިތުރު ކުރެވިފައިވާ ވަރަށް މުހިންމު ބޯޓެއްކަމުގައެވެ.

އަދި މި ސީޕްލޭންގެ ސަބަބުން ސީދާ ރަށްރަށަށް ދަތުރުކުރުމުގެ ޤާބިލުކަން ލިބިފައިވާއިރު، ބޭނުންވާ މެޑިކަލް އިކުއިޕްމަންޓްތައް ޤާއިމްކުރެވި، އިމަރޖެންސީ މެޑިކަލް ކޭސްތަކަށް ވަގުތުން އެއަރ ޓްރާންސްފަރ ކުރުމުގެ ޤާބިލުކަން އެކުންފުނީގައި އިތުރުވެގެން ގޮސްފައިވާކަމަށް މޯލްޑީވިއަންއިން ބުނެފައި ވެއެވެ.

އަދި މި ޚިދުމަތަކީ، މުޖުތަމަޢުތަކުގެ ދުޅަހެޔޮކަމަށް އިސްކަންދިނުމަށް ޓަކައި މިހާރު ކުރަމުން ގެންދާ މަސައްކަތާ ގުޅިފައިވާ ޚިދުމަތެއްކަމަށްވެސް މޯލްޑިވިއަންއިން ބުނެފައި ވެއެވެ.

މޯލްޑިވިއަންއިން ބުނެފައިވަނީ އެކުންފުނި ދެމި އޮންނާނީ ވަގުތުން މެޑިކަލް ޓްރާންސްޕޯޓްގެ ހިދުމަތް ފޯރުކޮށްދިނުމަށް އަބަދުވެސް ތައްޔާރަށް ކަމުގައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.