މޯލްޑިވްސް ޕޯޓްސް ލިމިޓެޑުން ސީ-ޓު-އެއަރ ކާގޯ ޓްރާންޝިޕްމަންޓް ގެ ޚިދުމަތް، 15 މާރޗް 2024 އިން ފެށިގެން ތަޢާރަފް ކުރުމަށް ހަމަޖެހިފައިވާކަމަށް އެކުންފުނިން ބުނެފިއެވެ.
އަދި ޕޯޓްސް ލިމިޓެޑުން ކުރި އިއުލާނެއްގައި ބުނެފައިވަނީ މި ޚިދުމަތުގެ ސަބަބުން ކަނޑުގެ މުދާ އެއަރ ކާގޯ ޓްރާންސްޕޯޓް މެތަޑްތަކަށް ބަދަލުކޮށް، ވަރަށް ފުރިހަމަ އަދި ހަރުދަނާ ޑެލިވަރީ ސޮލިއުޝަނެއް ފޯރުކޮށްދެވޭނެ ކަމުގައެވެ.
ސީ-ޓު-އެއާ ކާގޯ ޓްރާންޝިޕްމަންޓް ހިދުމަތާއެކު، ވައިގެ ދަތުރުފަތުރުގެ ސްޕީޑާއި ލުއިފަސޭހަކަމާއި އެކު ކަނޑު ދަތުރުފަތުރުގެ ރިލައިބިލިޓީ އާއި ކޮސްޓް އިފެކްޓިވްކަން ކަސްޓަމަރުންނަށް ލިބިގެންދާއިރު، ޑެލިވަރީގެ ވަގުތުތައް އަވަސްވާނެ ކަމަށް އުންމީދު ކުރެވޭނެ ކަމަށްވެސް ބުނެފައި ވެއެވެ.
މި ހައިބްރިޑް އެޕްރޯޗްގެ ސަބަބުން މި ސަރަޙައްދުގެ ވިޔަފާރިތަކާއި ސިނާޢަތްތަކުގެ ތަފާތު ބޭނުންތައް ފުއްދައިދީ، މުދާ އުފުލުމުގައި އަވަސް އަދި ހަރުދަނާ ގޮތެއްގައި ބެލެހެއްޓޭނެއެވެ. އަދި މި އާ ޚިދުމަތުގެ ބޭނުން ހިފައި، ކަނޑުތަކާއި ވައިގެ ދަތުރުފަތުރުގެ ދަތުރުފަތުރުގެ މެދުކެނޑުމެއް ނެތި އިންޓަގްރޭޝަން ތަޖުރިބާކުރުމަށް ކަމާބެހޭ އެންމެހާ ފަރާތްތަކަށް ދައުވަތު އަރުވަމެވެ.
އެމްޕީއެލްއިގެ އިއުލާނުގައި ބުނެފައިވެއެވެ.
އެމްޕީއެލްއިން ބުނެފައިވަނީ ސްޓޯރޭޖް ޗާޖު ނަގާނީ އެމްޕީއެލް ޓެރިފް ބުކްގެ 6.4 ވަނަ މާއްދާގައިވާ ގޮތުގެ މަތިންކަމުގައެވެ. އަދި ހޭންޑްލިން ޗާޖާއި ވާރފެޖް ޗާޖާއި ހުސް ކޮންޓެއިނަރ ސްޓީވްޑޯރިން ޗާޖުގެ ދަށުން 15 މާރޗް 2024 އިން ފެށިގެން އެއް އަހަރު ދުވަހުގެ މުއްދަތަށް ކޮންސެޝަނަލް ލުޔެއް ލިބޭނެކަމަށްވެސް ބުނެފައި ވެއެވެ.
އޮޕަރޭޝަންތަކާ ގުޅޭ އެއްވެސް ސުވާލެއް ވާނަމަ "3039353″ އަށް ގުޅައިގެން ނުވަތަ އީމެއިލް [email protected] ކޮށްގެން ސާފުކުރުމަށްވެސް އެމްޕީއެލްއިން އެދިފައި ވެއެވެ.
ކޮމެންޓު ފޮނުވާ