ބީއެމްއެލްގެ އެހީގައި ގުރައިދޫ މަރުކޒަށް އެހީ ފޯރުކޮށްދީފި

ބީއެމްއެލްގެ އެހީގައި ގުރައިދޫ މަރުކޒަށް އެހީ ފޯރުކޮށްދީފި

Author
ހުސެއިން
13 މާރޗް 2024 01:17
0

ބޭންކް އޮފް މޯލްޑިވްސްގެ 40 ވަނަ އަހަރީ ދުވަހާ ގުޅުވައިގެން ގުރައިދޫ މަރުކޒަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުހައި ޚާއްސަ ޕްރޮޖެކޓެއް ހިންގައިފިއެވެ.

ބީއެމްއެލްއިން ބުނެފައިވަނީ، އެ ބޭންކުން ކުރިޔަށްގެންދިޔަ މި ޕްރޮޖެކްޓްގެ ދަށުން އެ  މަރުކަޒުގައި އިންޑަސްޓްރިއަލް ބަދިގެއެއް ގާއިމްކޮށް އެތަނަށް ބޭނުންވާ އާލާތްތަކެއް ހަދިޔާކޮށް، ކާބޯތަކެތި ރައްކާކުރުމަށް ޖާގައެއް ގާއިމްކޮށްފައި ވާކަމުގައެވެ.

މި ޕްރޮޖެކްޓުގެ ދަށުން، މަރުކަޒުގައި މަސައްކަތްކުރާ އަންހެން އަދި ފިރިހެން މުވައްޒަފުން ބޭނުންކުރުމަށް ލޮކަރތަކާއި ފާހަނާ އާއި ސައިބޯ ކޮޓަރި ވަނީ ގާއިމްކޮށްފައެވެ. އަދި އެތަނުގެ މުވައްޒަފުންނާއި ބަލިމީހުންނަށް ބޭނުންކުރުމަށް ބޭންކުން ވަނީ ލައިބްރަރީ ކޯނަރއެއްވެސް ގާއިމްކޮށްފައި ވެއެވެ.

މި ޕްރޮޖެކްޓްގެ އެހީގައި މަރުކަޒުގެ ވޯޑުތަކަށް އެނދު، ގޮދަޑި، ސޯފާ، ގޮނޑި ފަދަ މުހިންމު ފަރުނީޗަރުވެސް ވަނީ ހަދިޔާކޮށްފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.