އެޗްވައިއެމް ފުޓްސަލް ޗެލެންޖުގެ އެންމެ ފަހުގެ ޗެމްޕިއަން ބުލް ޝާކްސް ތަށި އުފުލާލަނީ. --- ފޮޓޯ: ވަގުތު

ހުޅުމާލެ ޔޫތު މޫވްމަންޓްގެ ފުޓްސަލް މުބާރާތް މާދަމާރޭ ފަށަނީ

ހުޅުމާލެ ޔޫތު މޫވްމަންޓްގެ ފުޓްސަލް މުބާރާތް މާދަމާރޭ ފަށަނީ

ކޮންމެ ރަމަޟާން މަހާ ދިމާކޮށް ހުޅުމާލެ ޔޫތު މޫވްމަންޓް (އެޗްވައިއެމް) އިން އިންތިޒާމުކޮށްގެން ބާއްވާ ފުޓްސަލް މުބާރާތް މާދަމާރޭ ފަށާ ގޮތަށް ހަމަޖެހިއްޖެއެވެ.

ދެ ގްރޫޕަކަށް ބަހާލައިގެން ކުޅޭ "ރަމަޟާން ޔުނިޓީ ފުޓްސަލް ޗެލެންޖް 1445″ މުބާރާތުގައި މިފަހަރު 8 ޓީމު ބައިވެރިވާ އިރު، މުބާރާތުގެ ހުރިހާ މެޗެއް ވެސް ކުޅުމަށް ހަމަޖެހިފައިވަނީ ހުޅުމާލެ ރެހެންދި ފުޓްސަލް ގްރައުންޑް އެކެއްގައެވެ. މި މުބާރާތުގައި ބައިވެރިވާ ޓީމުތަކުގެ ތެރޭގައި އެންމެ ފަހުން ކްލަބް މޯލްޑިވް ކަޕްގައި ވެސް ފެނުނު ޓްރީ ޓޮޕް ހޮސްޕިޓަލް ހިމެނެއެވެ. ޓްރީ ޓޮޕް ހޮސްޕިޓަލަކީ މުޅިން އަލަށް މުބާރާތުގައި ބައިވެރިވާ ޓީމެކެވެ.

މި މުބާރާތުގައި ދެން ބައިވެރިވަނީ ހުޅުމާލެ ހޮސްޕިޓަލާއި ޓީމް އެފްއެފް އާއި އެޗްވައިއެމް ވެޓަރަންސް އާއި އެޗްވައިއެމް ވުލްފް ގޭންގާއި އެޗްވައިއެމް ފިނޮމިނަލްސް އާއި އެޗްވައިއެމް ބްލެކް ފްލޭޝް އާއި އެޗްވައިއެމް ބުލް ޝާކްސްއެވެ. ބުލް ޝާކްސްއަކީ މި މުބާރާތުގެ އެންމެ ފަހުގެ ޗެމްޕިއަނެވެ.

މުބާރާތުގައި ބައިވެރިވާ ޓީމުތައް:

ގްރޫޕް އޭ

1- ޓްރީ ޓޮޕް ހޮސްޕިޓަލް
2- އެޗްވައިއެމް ވުލްފް ގޭންގް
3- ޓީމް އެފްއެފް
4- އެޗްވައިއެމް ވެޓަރެންސް

ގްރޫޕް ބީ

1- ހުޅުމާލެ ހޮސްޕިޓަލް
2- ޓީމު ފިނޮމިނަލަސް
3- ބްލެކް ފްލޭޝް
4- އެޗްވައިއެމް ބުލް ޝާކްސް

މިފަހަރު މުބާރާތުގެ މެޗުތައް ކުޅުމަށް ހަމަޖެހިފައި ވަނީ ހަމައެކަނި ރޭގަނޑެވެ.

ގްރޫޕް ސްޓޭޖަށް ކުޅޭ މި މުބާރާތުގައި ކޮންމެ ގްރޫޕަކުން އެންމެ ގިނަ ޕޮއިންޓް ހޯދާ ދެ ޓީމު ދަތުރު ކުރާނީ ސެމީ ފައިނަލަށެވެ. އަދި ސެމީ ފައިނަލް ދެ މެޗު މި މަހުގެ 19 ވަނަ ދުވަހު އޮންނަ އިރު ފައިނަލް މެޗު އޮންނާނީ މި މަހުގެ 21 ވަނަ ދުވަހުގެރެއެވެ.

އެޗްވައިއެމް އިން މި މުބާރާތް 2017 ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރަކު ހެން ބާއްވަމުން އަންނަ އިރު، މުބާރާތް ބޭއްވުމުގެ މަގްސަދުގެ ތެރޭގައި ޖަމިއްޔާގައި ހިމެނޭ މެމްބަރުންނާއި ހުޅުމާލޭގައި ހުންނަ މުއައްސަސާތަކުގެ ގުޅުން ބަދަހި ކުރުން ހިމެނެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *