ފުވައްމުލަކު ސިޓީ ވޭސްޓް މެނޭޖްމަންޓް ސެންޓަރުގައި އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ.
އެމްއެންޑީއެފްއިން ބުނެފައިވަނީ ޏ.ފުވައްމުލަކު ސިޓީ ވޭސްޓް މެނޭޖްމަންޓް ސެންޓަރުގައި އަލިފާނުގެ ހާދިސާއެއް ހިނގައިގެން، އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑް، ޏ.ފުވައްމުލަކު ފަޔަރ ސްޓޭޝަނުން ދަނީ އަލިފާން ނިއްވުމުގައި ހަރަކާތްތެރިވަމުންދާ ކަމުގައެވެ.
މި ހާދިސާގެ މަޢުލޫމާތު ލިބިފައިވަނީ މިއަދު 14:25 ހާއިރު ކަމަށް އެމްއެންޑީއެފްއިން ބުނެފައި ވެއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި އަލިފާން މިހާރުވަނީ ނިއްވާލާފައެވެ.
އެހެންނަވެސް މި ހާދިސާގައި ލިބުނު ހެއްލުމުގެ މައުލޫމާތު އަދި އެމްއެންޑީއެފްއިން ހަމަ ކޮށްފައެއް ނުވެއެވެ.
ކޮމެންޓު ފޮނުވާ