މޯލްޑިވްސް އިމިގްރޭޝަންގެ މުވައްޒަފުންނަށް ސިލްސިލާކޮށް ހިންގާ "މޯލްޑިވްސް އިމިގްރޭޝަން އެންފޯސްމަންޓް ސްޓަޑީޒް" ގެ 15 ވަނަ އަދި 16 ވަނަ ކޯހުގައި ފަސްޓް އެއިޑް މޮޑިއުލް ކިޔަވައިދިނުމަށް އެމްއެންޑީއެފް މެޑިކަލް ކޯރގެ ސިފައިން ކުލާސްތަކެއް ހިންގައިފިއެވެ.
ފެބުރުވަރީ 29 އިން މާރިޗު 6 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްގެންދިޔަ މި ކުލާސްތަކުގައި، ސްޓޭންޑަޑް ފަސްޓްް އެއިޑްގެ އިތުރުން ސީޕީއާރު-އޭއީޑީގެ ބައިތައް ކިޔަވައިދީފައިވެއެވެ. އެގޮތުން ފުރަތަމައެހީ ދޭނެ ގޮތާއި، ސީޕީއާރު ދޭނެ ގޮތުގެ އިތުރުން ލޭ މަނާ ކުރާނެ ގޮތް އަދި ޒަޚަމްތަކަށް ފަރުވާދޭނެ ގޮތްތަކާއި، މޫދުގައި ގެނބިގެން ނަގާ މީހުންނަށް ސީޕީއާރު ދޭނެގޮތާއި އަދި ބަލިމީހުން އުފުލާނެ ގޮތްތަކާ ގުޅޭގޮތުން މުހިންމު މަޢުލޫމާތު ފޯރުކޮށްދީ ދަސްކޮށްދީފައިވެއެވެ.
އެމްއެންޑީއެފް މެޑިކަލް ކޯރގެ މުދައްރިބުން ކިޔަވައިދެއްވި މި ކުލާސްތަކުގައި، މޯލްޑިވްސް އިމިގްރޭޝަންގެ 33 މުވައްޒަފުން ބައިވެެރިވިއެވެ.
ކޮމެންޓު ފޮނުވާ