ބަހުސަށް ދަނިކޮށް، އެމްޑީޕީެ ފަރެސްމާތޮޑާ ދާއިރާގެ ކެންޑިޑޭޓުގެ ގަޔަށް ކަޅުތެޔޮ ޖަހައިފިއެވެ.
އޭނާގެ ގަޔަށް ކަޅުތެޔޮ ޖަހާފައިވާ މަންޒަރު ފެންނަ ފޮޓޯއާއި ވީޑިއޯ ވަނީ މީސްމީޑިއާގައި ދައުރުވެފައެވެ.
އެމްޑީޕީން ބުނެފައިވަނީ މަޖިލިސް 20 ފަރެސްމާތޮޑާ ދާއިރާއަށް ވާދަ ކުރައްވާ އެޕާޓީގެ ކެންޑިޑޭޓް އަޙްމަދު ޒައީމް ރައްޔިތުން މަޖިލިސް 2024 ބަހުސް އަށް ދިޔަމަގުމަތީގައި ކަޅުތެޔޮ ޖެހުމުގެ ހަމަލާއެއް ދީފައިވާކަމަށާއި އެ ފިނޑި އަމަލު އެޕާޓީ އިން ކުށްވެރި ކުރާކަމަށެވެ.