ގަވާއިދުން ރައްޔިތުންގެ މަޖިލިސް ބޭއްވެމުން ނުދާތީ ޑިމޮކްރެޓްސް ޕާޓީން ކަންބޮޑުވުން ފާޅުކޮށްފިއެވެ.
މަޖިލިސްހުގެ ޖަލްސާތައް ކޯރަމް ހަމަނުވުމުގެ ސަބަބުން ބޭއްވެމުން ނުދާތީ، އެކަމުގެ ކަންބޮޑުވުން ފާޅުކުރަމުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ޕާޓީގެ ފަރާތުން ބުނެފައިވަނީ، ސަރުކާރުގެ ކަންކަންވެސް ދޯދިޔާކޮށް ދަމުންދާއިރު، ގަވާއިދުން މަޖިލިސް ނުބޭއްވި ދިއުމަކީ ކަންބޮޑުވާ މައްސަލައެއް ކަމުގައެވެ.
މިދުވަސްކޮޅު ދިވެހިރާއްޖޭގެ މި ނާޒުކު ދަނޑިވަޅުގައި، ސަރުކާރުގެ ކަންކަން މިހާ ގޯސްކޮށް ހިނގާ ދަނޑިވަޅެއްގައި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް ޤަވައިދުން ހަފްތާއަކު 3 ފަހަރު ނުބޭއްވި ބާއްވާ ދުވަހެއްގައިވެސް ކޯރަމް ހަމަނުވެ ދާ ދިޔުމަކީ އަޅުގަނޑުމެން ކަންބޮޑުވާ ކަމެއް.
މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ޑިމޮކްރެޓްސް ޕާޓީގެ ޕާލަމެންޓްރީ ގުރޫޕުގެ ޕީޖީ ލީޑަރު އަލީ އާޒިމް ވިދާޅުވިއެވެ.
މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ޑިމޮކްރެޓްސްއިން ބުނެފައިވަނީ ހަފްތާއަކު އެންމެ 3 ދުވަހު މަޖިލިސް ޖަލްސާ ބޭއްވުމަށް ހަމަޖެހިފައިވާއިރު، ކޯރަމް ހަމަނުވެގެން މަޖިލިސް ނުބޭއްވި ދިއުމަކީ ކަންބޮޑުވުމެއް ކަމުގައެވެ.
އަދި އެއީ ރައްޔިތުނަނަށް ވެވޭ ބޭއިންސާފެއްކަމުގައިވެސް އެޕާޓީން ބުންޏެވެ.
އެ މަސައްކަތް ކުރުމަށް ހުރަސްއެޅޭ ކަންކަމަކީ ހަޤީގަތުގައި ރައްޔިތުންނަށް، އެގޮތަށް މަޖިލިސް ހިނގަމުން ނުދާކަމަށް ވަނީނަމަ ހަމަޔަޤީނުންވެސް ރައްޔިތުންނަށް ވެވޭ ބޭއިންސާފެއް، ރައްޔިތުންނަށް ކޮށްދޭންޖެހޭ މަސައްކަތް އަޅުގަނޑުމެންނަށް ފުރިހަމައަށް ކޮށްނުދެވި މިދަނީ.
އާޒިމް ވިދާޅުވިއެވެ.
ޖަލްސާ ބާއްވަން ބޭނުންވާ ކޯރަމް ހަމަނުވެގެން ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާވެސް ވަނީ ނުބޭއްވިފައެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ ފެށުމަށްޓަކައި ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުލްގަފޫރު މޫސާ 9:00 ގައި ރިޔާސަތަށް ވަޑައިގެންނެވުމަށްފަހު ކޯރަމް ހަމަވޭތޯ ވަގުތުކޮޅެއް ބެއްލެވުމަށްފަހު ވިދާޅުވީ، ޖަލްސާއަށް ހާޒިރުވެ ވަޑައިގެން ތިއްބެވީ އެންމެ 11 މެންބަރުން ކަމަށެވެ. އެހެން ކަމުން ޖަލްސާ ބާއްވަން ބޭނުންވާ ގާނޫނީ އދަދު ހަމަނުވާތީ 9:30 ގައި ޖަލްސާ ބާއްވަން ނިނަމަވާ ކަމަށެވެ.
ނަމަވެސް 9:30 އަށްފަހު ޖަލްސާގެ ރިޔާސަތަށް ވަޑައިގެން ވަގުތު ކޮޅެއް ދެއްވުމަށްފަހު ވެސް ކޯރަމް ހަމަނުވާތީ ގަފޫރު ވިދާޅުވީ، ކޯރަމް ހަމަނުވާތީ މިއަދުގެ ޖަލްސާ ކުރިއަށް ގެންދެވެންނެތް ކަމަށެވެ. އަދި ދެން މަޖިލިސް ޖަލްސާ އޮންނާނެ ދުވަހެއް ފަހުން އިއުލާން ކުރައްވާނެ ކަމަށްވެސް ވިދާޅުވިއެވެ.
ކޮމެންޓު ފޮނުވާ