’ފަޔަރ ޕްރިވެންޝަން ވީކް 2024′ ގެ އިވެންޓެއް ޞަލާހުއްދީން ސްކޫލުގައި ބާއްވައިފި

’ފަޔަރ ޕްރިވެންޝަން ވީކް 2024′ ގެ އިވެންޓެއް ޞަލާހުއްދީން ސްކޫލުގައި ބާއްވައިފި

Author
ހުސެއިން
01 މާރޗް 2024 11:22
0
އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްއިން ކުރިއަށްގެންދާ 'ފަޔަރ ޕްރިވެންޝަން ވީކް 2024′ ގެ އިވެންޓެއް ޞަލާހުއްދީން ސްކޫލުގައި ބާއްވައިފިއެވެ.
މި އަހަރުގެ ފެބުރުވަރީ 25 އިން މާރިޗު 2 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްގެންދާ 'ފަޔަރ ޕްރިވެންޝަން ވީކް 2024′ ގެ ތިންވަނަ ޕްރޮގްރާމް މިރޭ ކުރިއަށް ގެންގޮސްފައިވަނީ ޞަލާހުއްދީން ސްކޫލުގައެވެ. މި ޕްރޮގްރާމްގައި ޞަލާހުއްދީން ސްކޫލުގެ މުދައްރިސުންނާއި ބެލެނިވެރިން ބައިވެރިވެފައިވެއެވެ.
އާންމުކޮށް ހުޅުވާލައިގެން ކުރިއަށްގެންދާ މި ޕްރޮގްރާމްގައި، ކައްކާ ގޭހުން ދިމާވެދާނެ ހާދިސާތަކުން ސަލާމަތްވުމަށާއި، އަދި ބަދިގޭގައި ހިނގާފާނެ އަލިފާނުގެ ހާދިސާއަކުން ރައްކާތެރިވުމާ ބެހޭ މަޢުލޫމާތާއި، އަލިފާނުގެ ހާދިސާއެއް ހިނގައިފިނަމަ އަމަލުކުރާނެ ގޮތްތަކާއި، އަލިފާންނިވި ބޭނުންކުރާނެ ގޮތްތައް ދަސްކޮށްދޭނެއެވެ. މި ޕްރޮގްރާމަކީ ކޮންމެ އަހަރެއްގެ ރަމަޟާން މަހާ ދިމާކޮށް އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްއިން ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ.
ކޮންމެ ރެޔަކު ބާއްވަމުންދާ މި ޕްރޮގްރާމްގައި ބައިވެރިވެލައްވައިގެން ގުރުއަތުން ހޮވޭ ނަސީބުވެރި ފަރާތަކަށް ވިލާ ގޭސް، ދިރާގު، މޯލްޑިވް ގޭސް އަދި ހައުސިންގ ޑިވެލޮޕްމަންޓް ކޮޕަރޭޝަންގެ ފަރާތުން ވަނީ އަގުހުރި އިނާމްތަކެއް ހުށަހަޅާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.