"ލާހޯރް، 1947″ ގެ ކާސްޓަށް އަލީ

"ލާހޯރް، 1947″ ގެ ކާސްޓަށް އަލީ

Author
ފާތިމަތު ނާވީ
29 ފެބްރުއަރީ 2024 03:58
0

"ލާހޯރް، 1947″ ގެ ކާސްޓާ އެކްޓަރު އަލީ ފަޒަލް ވެސް ގުޅިފައިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

"ގަދަރް 2″ އިން ބޮލީވުޑްއަށް އެނބުރި އައި ކުރީގެ އެކްޓަރު ސަނީ ޑިއޯލް ގެ އުންމީދީ ފިލްމް އެއްގެ ގޮތުގައި އުފައްދަމުން އަންނަ މި ފިލްމް އަށް ބޮލީވުޑްގެ ހުނަރުވެރި ތަރިން އަންނަނީ ގުޅެމުންނެވެ.

މިހާރު ޝޫޓިން ކުރިއަށްދާ މި ފިލްމަކީ އާމިރު ޚާން ޕްރޮޑިއުސްކޮށް، ރާޖްކުމާރު ސަންތޯޝީ ޑައިރެކްޓްކުރާ ވަތަނީ ފިލްމެކެވެ. "ލާހޯރް، 1947″ އިން އަލީ އަށް ފުރުސަތު ލިބުނު އިރު، އޭނަ އާމިރާ އެކީ ވެސް މަސައްކަތްކޮށްފައިވެ އެވެ. އެއީ 2009 ގެ "3 އިޑިއަޓްސް" ގަ އެވެ.

 

View this post on Instagram

 

A post shared by ali fazal (@alifazal9)

"ލާހޯރް، 1947″ ގެ ކާސްޓްގައި ކުރީގެ ބަތަލާ ޕްރިތީ ޒިންތާގެ އިތުރުން ޝަބާނާ އާޒްމީ އާއި އަބިމަންޔޫ ސިންގް ވެސް ހިމެނެ އެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.