މިރޭގެ ޖަލްސާގައި ފައްޔާޒް ވާހަކަ ދައްކަވަނީ. --- ފޮޓޯ: އެމްޑީޕީ

މި ސަރުކާރަށް 100 ދުވަސްވީއިރު 300 ދޮގު ހަދައިފި: ފައްޔާޒް

މި ސަރުކާރަށް 100 ދުވަސްވީއިރު 300 ދޮގު ހަދައިފި: ފައްޔާޒް

މި ސަރުކާރަށް 100 ދުވަސްވީ އިރު، 300 ދޮގު ހަދާފައިވާ ކަމަށާއި ވެރިކަމަށް އަންނަން ދޮގު ހެދި ގޮތަށް ވެރިކަމަށް އައިސް ކޮންމެ ދުވަހަކު ވެސް ދޮގު ހަދަމުން އަންނަ ކަމަށް އެމްޑީޕީގެ ޗެއާޕާސަން އަދި ކުރީގެ އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް މިރޭ ވިދާޅުވެއްޖެއެވެ.

އަންނަ މަހު 17 ގައި ބާއްވާ މަޖިލިސް އިންތިހާބުގެ ކެމްޕެއިނު ރަސްމީކޮށް ލޯންޗު ކުރުމަށް ބޭއްވި ޖަލްސާގައި ފައްޔާޒް ވިދާޅުވީ ޕީޕީއެމް/ޕީއެންސީން ވެރިކަމަށް އައިސް ޑިމޮކްރެޓިކް ވެރިކަމެއް ކުރިއަށް ގެންދާ ތަން ނުފެންނަ ކަމަށެވެ. އަދި މިހާރު މި ފެންނަނީ ކުރީގައި ޕީޕީއެމުން ވެރިކަން ކުރި އަނިޔާވެރި ވެރިކަމަކާ ދިމާލަށް ރާއްޖެ ދާ ތަން ކަމަށް ވެސް ފައްޔާޒް ވިދާޅުވިއެވެ.

"100 ދުވަސްވީ އިރުގައި 300 ދޮގު ހަދައިފި. ކޮންމެ ދުވަހަކު ހަދަނީ ދޮގެއް. ވެރިކަމަށް އައީ ދޮގު ހަދަމުން. އަޅުގަނޑުމެން ރައްޔިތުން ވޯޓުލީ ހެޔޮ ވެރިކަމެއް ނުވަތަ އެ ވިދާޅުވާ ތަރައްގީކޮށް ދޭނަމޭ ވިދާޅުވީމަ އެ ގަބޫލުކޮށްގެން. އެ ފިތުނަތައް ގަބޫލުކޮށްގެން. އެ ދޮގުތައް ގަބޫލުކޮށްގެން،" ފައްޔާޒް ވިދާޅުވިއެވެ.

ފައްޔާޒް ވިދާޅުވީ ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމަށް ވަޑައިގަތީ އިގްތިސާދު ރަނގަޅު ކުރާނެ ވާހަކަ އާއި ދަރަނި ދައްކާނެ ވާހަކަ އާއި 48 ގަޑިއިރު ތެރޭގައި މަސްވެރިންނަށް ފައިސާ ދޭނެ އިންތިޒާމު ހަމަޖައްސާނެ ކަމަށް ވައުދުވަމުން ކަމަށެވެ. އެ ދޮގުތައް ހަދައިގެން އައިސް ނާގާބިލްކަންމަތީގައި މިއަދު ފެނިގެން ދަނީ ރާއްޖޭގެ އިގްތިސާދު ފުނޑުފުނޑުވެގެން ދާ ތަން ކަމަށް ވެސް ފައްޔާޒް ވިދާޅުވިއެވެ.

ރާއްޖެ އަނދަވަޅަކަށް ވައްޓާ ނުލައި ހިފެހެއްޓޭނީ ރައްޔިތުންގެ މަޖިލިހުގެ މެޖޯރިޓީ އެމްޑީޕީ އަށް ލިބިގެން ކަމަށް ފައްޔާޒް ވިދާޅުވިއެވެ.

"މިއަދު ވެސް ރައްޔިތުންގެ މަޖިލިހުގެ މެޖޯރިޓީ އޮތަތީވެ، އެ އަނިޔާވެރިކަމަށް ދާން ނުކެރިގެން އެ އުޅެނީ،" ފައްޔާޒް ވިދާޅުވިއެވެ.

 

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *