"ޖިގްރާ" ގެ ޝޫޓިންގ ނިމައިލައިފި

"ޖިގްރާ" ގެ ޝޫޓިންގ ނިމައިލައިފި

Author
ފާތިމަތު ނާވީ
28 ފެބްރުއަރީ 2024 03:13
0

ބަތަލާ އާލިއާ ބަޓް ޕްރޮޑިއުސްކޮށް، ކުޅޭ ދެވަނަ ފިލްމު "ޖިގްރާ"  މަސައްކަތް ނިންމައިލައިފިއެވެ.

"ޖިގްރާ" ގެ މަސައްކަތް އިއްޔެ ނިންމައިލި އިރު، އެ ފިލްމުގައި އޭނަގެ ކޮއްކޮއެއްގެ ރޯލުން ވެދާންގު ރައިނާ ފެންނާނެކަން ކަށަވަރުކޮށް ދީފި އެވެ. އެދެމީހުން އެކުގަިއ ތިބި ފޮޓޯއެއް ވަނީ ސޯޝަލް މީޑިއާގައި ހިއްސާ ކޮށްފައިއެވެ.

 

View this post on Instagram

 

A post shared by Alia Bhatt 💛 (@aliaabhatt)

އަންނަ އަހަރުގެ ސެޕްޓެމްބަރު މަހު ބޮޑު ސްކްރީނަށް ގެންނަށް އަމާޒު ހިފައިފައިވާ ފިލްމް އިއުލާން ކުރި އިރުގައި މި ފިލްމަކީ އޭނާގެ އަމިއްލަ އެޓާނަލް ސަންޝައިން ޕްރޮޑަކްޝަނުންނާއި އޭނަގެ އެންމެ ފަހުގެ ފިލްމު، "ރޮކީ އޯރް ރާނީ ކީ ޕްރޭމް ކަހާނީ" ގެ ޑައިރެކްޓަރު ކަރަން ޖޯހަރްގެ ދަރުމާ ޕްރޮޑަކްޝަން ގުޅިގެން ގެެނެސްދޭ ފިލްމްއެކެވެ.

2021 ގައި އާލިއާ ލޯންޗްކުރި ފިލްމު ކުންފުނީގެ ފުރަތަމަ ގެނެސްދިން ފިލްމަކީ އާލިއާ ބަތަލާގެ ރޯލު ކުޅެ، މިދިޔަ އަހަރު ގެނެސްދިން "ޑާލިންސް" އެވެ. ޖަސްމީތު ކޭ ރީން ޑައިރެކްޓްކުރި އެ ފިލްމު ހެދީ ޝާހްރުކް ޚާންގެ ރެޑް ޗިލީސް އެންޓައިންމަންޓާ ގުޅިގެންނެވެ.

"ޖިގްރާ" ޑައިރެކްޓަރަކީ 2019 ގެ "މަރުދު ކޯ ދަރުދު ނެހީ ހޯތާ" ގެނެސްދިން ވަސަން ބާލާ އެވެ.

 

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.