ތިނަދޫ ސިޓީގައި މޫދު ކަސްރަތު ޕްރޮގްރާމެއް ކުރިއަށް ގެންގޮސްފި

ތިނަދޫ ސިޓީގައި މޫދު ކަސްރަތު ޕްރޮގްރާމެއް ކުރިއަށް ގެންގޮސްފި

Author
ހުސެއިން
25 ފެބްރުއަރީ 2024 10:08
0
އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑާއި ގދ.ތިނަދޫ ސިޓީ ވިމެންސް ޑިވެލޮޕްމަންޓް ކޮމިޓީން ގުޅިގެން، ތިނަދޫ ސިޓީގައި މޫދު ކަސްރަތު ޕްރޮގްރާމެއް ކުރިއަށް ގެންގޮސްފިއެވެ.
ޖަނަވަރީ 20 އިން ފެބްރުވަރީ 20 އަށް ކުރިއަށްގެންދިޔަ މި ޕްރޮގްރާމް، ގދ.ތިނަދޫ ސިޓީން 27 ފަރާތަކުން ވަނީ ފުރިހަމަކޮށްފައެވެ. މި ޕްރޮގްރާމްގައި މުދައްރިބުންގެ ގޮތުގައި ހަރަކާތްތެރިވީ އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑްގެ މުދައްރިބުންނެވެ.
މި ޕްރޮގްރާމް ނިންމުމުގެ ގޮތުން ފެބްރުވަރީ 24 ވަނަ ދުވަހު ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ތިނަދޫ ސިޓީގެ މޭޔަރ، ސައުދު ޢަލީއެވެ. އަދި، ޕްރޮގްރާމް ފުރިހަމަކުރި ފަރާތްތަކަށް ހަނދާނީ ލިޔުން ހަވާލުކޮށްދެއްވީ، އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑްގެ ޑެޕިއުޓީ ކޮމާންޑަރ، ލެފްޓިނެންޓް ކާނަލް އިބްރާހީމް ޙަލީމެވެ.
މި ރަސްމިއްޔާތުގައި ތިނަދޫ ސިޓީ ވިމެންސް ޑިވެލޮޕްމަންޓް ކޮމިޓީގެ އިސްެ މެންބަރުންނާއި، ޕްރޮގްރާމްގައި ކިޔަވައިދެއްވި އެމްއެންޑީއެފް ސަދަން އޭރިއާގެ މުދައްރިބުން ބައިވެރިވެލެއްވިއެވެ.
އެމްއެންޑީއެފުން ކުރިއަށްގެންދާ މިފަދަ ހަރަކާތްތަކަކީ، މުޖުތަމަޢުގެ ލާބަޔާއި މަންފާއަށް ސިފައިން ހިންގާ މަދަނީ ހަރަކާތްތަކުގެ ދަށުން ކުރިއަށް ގެންދާ ހަރަކާތެކެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.