އިމާރާތެެއްގެ ފަސް ވަނަ ބުރިން ވެއްޓިގެން މީހަކަށް ފަރުވާ ދެމުންދަނީ

އިމާރާތެެއްގެ ފަސް ވަނަ ބުރިން ވެއްޓިގެން މީހަކަށް ފަރުވާ ދެމުންދަނީ

Author
ހުސެއިން
25 ފެބްރުއަރީ 2024 02:12
0

އިމާރާތެއްގެ ފަސްވަނަބުރިން ވެއްޓިގެން މީހަކަށް ފަރުވާދޭން ފަށައިފިއެވެ.

އެނގިފައިވާ ގޮތުގައި އެމީހާއަށް އެންމެ ފުރަތަމަ ފަރުވާ ކޮށްފައިވަނީ އައިޖީއެމްއެޗްގައެވެ. އެހެންނަމަވެސް ފަހުން އެމީހާވަނީ އޭޑީކޭއަށް ބަދަލުކޮށްގެން ފަރުވާދޭން ފަށާފައެވެ.

އެމީހާ އައިޖީއެމްޗްއިން އޭޑީކޭއަށް ބަދަލުކޮށްފައިވާކަން އައިޖީއެމްއެޗްގެ މީޑިއާ އޮފިޝަލް ޔަގީންކޮށް ދީފައި ވެއެވެ.

ފުލުހުންގެ ބުނެފައިވަނީ، ނީލޯފަަރު މަގު ގޯޅިގަނޑެއްގައި މީހަކު ހަބަރު ހުސްވެފައި އޮތް ކަމަށް މިއަދު ފަތިހު 5:27 ހާއިރު ފުލުހުންނަށް ރިޕޯޓްކޮށްފައިވާ ކަމަށެވެ. އަދި އެއީ އުމުރުން 35 އަހަރުގެ ފިރިހެނެއްކަމަށްވެސް ފުލުހުން ބުނެފައި ވެއެވެ.

ފުލުހުން ދަނީ މިމައްސަލަ ތަހުގީގް ކުރަމުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.